ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސަސްއަށް 02 މަސް ދުވަހަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފުމާއި ގުޅޭ
މި ސަރވިސަސްއަށް 02 މަސް ދުވަހަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 12 ވާ އަންގާރަ ދުވަހުގެ 10:30 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖޫން 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މިސަރވިސަސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020852 އާއި 3020853 އަށް ގުޅުއްވުން އެދެމެވެ.
25 ރަމަޟާން 1439ހ.