ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2018/55
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 19:33
ސުންގަޑި: 14 ޖޫން 2018 15:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓެކްނީޝަން (އިންޖިނިއަރިންގ ޑިޕާޓްމަންޓް/މެކޭނިކަލް)
ބޭނުންވާ އަދަދު :3

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  އޮޓޯމޯޓިވް/މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން.

ނުވަތަ

- މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން  02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއިއެކު އެކަށީގެންވާ ތަމްރީން ލިބިފައިވުން.

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހެއް ކަމުގައިވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ވެހިކަލް / އިކުއިޕްމެންޓްތައް މެއިންޓަނަންސްކޮށް ރިޕެއަރ ކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި މަސައްކަތް ކުރުމުގައި އެހީތެރިވުން.

- މެކޭނިކަލް ވޯރކްޝޮޕްއިން ކުރަންޖެހޭ ހުރިހާ ވެހިކަލް ރިޕެއަރ އަދި މެއިންޓަނަންސް މަސައްކަތް ސުޕަވައިޒަރުގެ ލަފާގެ މަތީން ފަރުވާތެރިކަމާއި އެކު ކުރުން.

- މަރާމާތު ކުރުމަށް ބޭނުންވާ ޕާޓްސް އަދި ޓޫލްފަދަ ތަކެތި ސުޕަވައިޒަރާއި ގުޅައިގެން ހޯދުން.

- މަރާމާތު ކުރުމަށް ބޭނުންވާ ޓޫލްސް އަދި ޕާޓްސް ރަނގަޅު ގޮތުގައި ބޭނުން ކުރުމާއި އެތަކެތި ބެލެހެއްޓުން.

މަޤާމް :ޓެކްނީޝަން (ލޮޖިސްޓިކްސް އަދި އިންޖިނިއަރިންގ ޑިޕާޓްމަންޓް / މެރިން)
ބޭނުންވާ އަދަދު :3

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

5،000ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ވެސެލް ރިޕެއަރ/މެރިން އިންޖިނިއަރިންގ ދާއިރާއިން ސެޓްފިކެޓް 3ގެ ކޯހެއް ފުރިހަމަކޮށްފައިވުން.

ނުވަތަ

- މެރިން އިންޖިނިއަރިންގ ދާއިރާއިން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު އެކަށީގެންވާ ތަމްރީން ލިބިފައިވުން.

- ފަތަން އެނގޭ ފަރާތެއް ކަމުގައިވުން.

- ދަތުރު ކުރުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކަނޑައެޅިފައިވާ ޝެޑިއުލްގައިވާ ގޮތުގެ މަތިން ކޮންމެ މަހަކު ކަނޑައެޅިފައިވާ އުޅަނދުފަހަރުތަކުގެ ދަތުރުތަކުގައި ބައިވެރިވެ، އޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން.

- ޑެއިލީކޮށް އެމް.ޕީ.އެލްގައި ދުއްވާ ކަނޑުގެ އުޅަނދުތައް ކަނޑައެޅިފައިވާ ޝެޑިއުލެއްގެ މަތިން ކޮންމެ ދުވަހެއްގެ ހެނދުނު ޗެކްކޮށް ލޮގް ޝީޓުތައް ފުރުން.

- މެރިން ޔުނިޓްއިން ހިންގާ މަރާމާތުކުރުމުގެ މަސައްކަތުގައި ދުވަހުން ދުވަހަށް އަމަލީގޮތުން ބައިވެރިވުން.

- މެރިން ޔުނިޓްގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރައްކާތެރި ގޮތެއްގައި ކުރުން.

-މެރިން ޔުނިޓްގެ މަރާމާތުކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ޓޫލްސްތައް ދުވަހުން ދުވަހަށް ސާފުކޮށް ރައްކާކުރުން.

- މެރިން ޔުނިޓްގެ މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 ޖޫން 14 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ޕޮލިސް ރިކޯޑް ފޯރމް (އެއްމަސް ހަމަނުވާ)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރުމަޢުލޫމާތު:3329339 ފެކްސް: 3325293  

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
07 ޖޫން 2018