ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)374-C/374/2018/67
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 14 ޖޫން 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދުތޮށިތައް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުން

އިޢުލާނު

        ނިލަންދޫގައި ކުނިނައްތާލުމަށް ކުރިން ބޭނުންކުރި ކުނިކޮށީގެ މޫދުތޮށިތައް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް    ގަންނަން   ބޭނުންވެގެން   ކޮށްފައިވާ   މިއިދާރާގެ   ނަންބަރު:. (IUL)374-C/374/2018/57   :  (20 މެއި 2018 ) ގެ އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.  މިތަކެތި ވިއްކަވާ ފަރާތުން ރަށާއި ހަމައަށް ތަކެތި ގެނެސްދީ މިއިދާރާއިން ދައްކާތަނަކަށް ގުދަންކޮށްދޭން ވާނެއެވެ.

1

2000

ބަސްތާ ސިމެންތި 50 ކިލޯގެ BS12

2

6000

ބަސްތާ ހިލަ   50 ކިލޯގެ

3

4000

ބަސްތާ ހިލަވެލި (ރާޅު)  50 ކިލޯގެ

4

495

ކޮންކުރީޓް ދަގަޑު 10 އެމް.އެމް.ގެ

 

        ވީމާ މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކުގައި މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ފ.ނިލަންދޫގައި ނަމަ ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަންދާސީ ހިސާބު ހުށަހަޅުއްވާނީ މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ.  ފ.ނިލަންދޫގައި ނަމަ ފ.ނިލަންދޫ ކައުންސިލް އިދާރާއަށެވެ.

#

ތާރީޚު

ދުވަސް

ގަޑި

މައުލޫމާތު ސާފުކޮށްދިނުން

2018 ޖޫން 14

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

2018 ޖޫން 18

ހޯމަ

11:00

             

         އަގު ހުށަހަޅުއްވަންވާނީ މިއިދާރާއިން ދޫކުރާ އަގުހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކުނިކޮށީގެ މޫދުގެ ތޮށިތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ވިއްކެވުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއި އެކު ހުށަހަޅަންވާނެއެވެ.  

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

23 ރަމަޟާން   1439

07   ޖޫން     2018

07 ޖޫން 2018