ދިވެހިރާއްޖެ
އިއުލާން
ތަޢުލީމީ ދާއިރާގެ 5 އަހަރުގެ ޕްލޭންގެ ކޯސްޓިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2018 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީ (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341133 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
- މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
- ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގާޒީ ބިލްޑިންގް، 9 ވަނަ ފްލޯރ.
އީމެއިލް : [email protected] ފޯން: 4363341