ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2018/536
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި:
18 ޖޫން 2018 13:45
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން
- މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ
- ރޭންކް: LS2
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު/މާލެ
- މުސާރަ: -/9,412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ) ރުފިޔާ
- ސަރވިސް އެލަވަންސް: -/3,000 (ތިންހާސް) ރުފިޔާ
- ލިވިންގ އެލަވަންސް: -/2,700 (ދެހާސް ހަތް ސަތޭކަ) ރުފިޔާ
- ޖުޑީޝަލް އެލަވަންސް އައި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާއި ގުޅުންހުރި މަސައްކަތްތައް.
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
- މަޤާމް: ކޯޓު އޮފިސަރ
- ރޭންކް: GS3
- ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
- ބޭނުންވާ ޢަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު/ މާލެ
- މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ
- ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ) ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- · ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު،GS2 ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- · މަޤާމުގެ މަސްޢޫލިއްޔަތުތައް:
- ދުވަހުން ދުވަހު ބާއްވާ މައްސަލަ ތަކުގެ ލިޔުންތައް ބެލެހެއްޓުން
- ޝަރީއަތަށް ޙާޟިރުވާންޖެހޭ މީހުން ޙާޟިރުވިތޯ ބަލާ ޝަރީޢަތަށް މީހުން ވައްދާ ނެރުން.
- ޝަރީޢަތުގެ މަޖިލީހުގައި ނަގާ ބަޔާންތަކުގައި މައްސަލާގައި ހިމެނޭ މީހުން ލައްވާ ސޮއިކުރުވުމާއި، ރެކޯޑް ކުރެވޭ މަޙްޟަރު ބަޔާންތައް ރެކޯޑުން ނަގައި ޓައިޕްކުރުން.
- މައްސަލާގައި ޙަވާލުކުރަން ޖެހޭ ޗިޓުތައް ޙަވާލުކޮށް ފައިލްކުރުން.
- ފައިލް ކުރަންޖެހޭ ތަކެތި ފައިލްކުރުމާއި، ސްކޭން ކުރަންޖެހޭ ތަކެތި ސްކޭން ކުރުން.
- ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2018 ޖޫން 18 ވާ ހޯމަ ދުވަހުގެ 13:45 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
23 ރަމަޟާން 1439
07 ޖޫން 2018
07 ޖޫން 2018