ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އަސްކަނިތަކާއި ފިޔަކަނިތަކުގައިވާ ނަލަފިލާތައް ފީވެފައިވާތީ، ފީނުވާ ބާވަތެއްގެ މެޓީރިއަލްއަކުން ނަލަފިލާތައް އަލުން ހަދައި، ދިޔަދޮވި ހަރުކޮށް، މަރާމާތު ކުރުމުގެ މަސައްކަތާ ފިރިހެނުންގެ ފާޚާނާއާއި އަންހެނުންގެ ފާޚާނާ ވެންޓްކުރުމަށްޓަކައި 4 އިންޗިއަށްވުރެ ހިމަ ނޫން ޕީވީސީ 4 ހޮޅިކޮޅު ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ. މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްސް ބައްލަވައި ގަތުމަށްފަހު ބިޑް ޑޮކިއުމަންޓްސް ފުރިހަމަ ކުރައްވައި ކަނޑައެޅިފައިވާ ގަޑިއަށް ބިޑް ޑޮކިއުމެންޓް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމަންޓްސް ވިއްކުން
10 ޖޫން 2018 ( އާދީއްތަ ) ދުވަހުންފެށިގެން 19 ޖޫން ( އަންގާރަ) ދުވަހުގެ
10:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި
ޕްރީބިޑް މީޓިންގ
19 ޖޫން 2018 ( އަންގާރަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބިޑް އޯޕަން މީޓިންގ
26 ޖޫން 2018( އަންގާރަ ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި.
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ.
ބިޑް ބައްލަވާނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގ ގައި ބައިވެރި ވެވޭނެއެވެ. އަދި ބިޑް ބައްލަވައިގަތްފަރާތުން ފްރީ ބިޑް މީޓިންގ ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައި ވިޔަސް ބިޑް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ.