މަސައްކަތް
ނަންބަރު: (IUL)335-AS/335/2018/42
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 20 ޖޫން 2018 11:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން ހޮޅި އެޅުމަށްޓަކައި ކޯރު ކޮނެދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

         އައްސޭރި ޖަލުގައި ފެނުގެ ހިދުމަތްދޭ ޕްރިސްކޯ އާއި މި ކައުންސިލާއިއެކު  ހިންގުމަށް ހަމަޖެހިފައިވާ ރަށު ބަނދަރުމަތިން ފެންގަންނަށްލިބޭ މަޝްރޫއު ޤާއިމް ކުރުމަށް އައްސޭރި ޖަލުން ފެށިގެން ބަނދަރާއި ހިސާބަށް ހޮޅިލައިން އެޅުމަށްޓަކައި ކޯރުކޮނެދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

         ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2018 ވާ ބުދަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖޫން 2018 ވާ ހޯމަދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

04 ޖޫން 2018