ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)320-ADHR/320/2018/24
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 19 ޖޫން 2018 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ

              އިޢުލާން               

ވަޒީފާގެ ފުރުސަތު

މަޤާމު:

އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

6 މަސް

ޝެކްޝަން:

މުނިސިޕަލް ސަރވިސް ޝެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާ

މުސާރަ:

-/3565 ( ތިންހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ )

ސަރވިސް އެލަވަންސް:

-/1000 ( އެއްހާސް ރުފިޔާ )

އިނާޔަތްތައް:

ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާއާއި، އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުތުތައް:

  1. އެޑްމިން މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅުންހުރި ދާއިރާއިން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިން މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތް

 

  1. އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކުރުމާއި، ނިންމުން
  2. ލިޔެކިޔުންތައް ލިބެންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެކަމުގެ ރިކޯޑްސް ބެލެހެއްޓުން.
  3. ފެސިލިޓީގެ ހުރިހާ ލިޔެކިއުންތައް ފައިލުކޮށް ބެލެހެއްޓުން.
  4. އޮފީހަށް އަންނަ ފޯންކޯލުތަކަށް ޖަވާބުދާރީވުމާއެކު، އެކަމާބެހޭ އެންމެހައި ކަންކަން ކުރުން.
  5. އެކިއެކި ކަންކަމުގައި އޮފީހަށް ޒިޔާރަތްކުރާ މީހުންގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  6. އޮފީހުގެ މާޙައުލު ސާފުތާހިރުކޮށް ބޭއްވުމަށް ސާފުކުރުމުގެ ކަންތައްތައް ރާވައި ހިނގަމުންދާގޮތް ބެލުން.
  7. އެޑްމިން ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
  8. އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.
  9. ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކުރުން.
  10. ފައިނޭންސް ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
  11. ދުވަހުން ދުވަހަށް އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތްތަކަށް ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް އިސްކަންދޭނެ ކަންތައްތައް

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މަޤާމަށް އެދި ހުށަހަޅާ ވަޒީފާއަށް އެދޭ ފޯމް  އަދި ސީ.ވީ
  2. ޕާސްޕޯޓް ސައިޒް 1 ފޮޓޯ
  3. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  4. ޕޮލިސް ރިޕޯޓް
  5. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

އިތުރު މަޢުލޫމާތު:

 

  1. މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ.
  2. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 
  3. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ކައުންސިލްގެ 6608303 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

 

  1.  19 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާއަށް  ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހެޅުއްވުން ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް.
06 ޖޫން 2018