ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-OFID/1/2018/27
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 28 ޖޫން 2018 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫސިޓީގައި ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އަދި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތުު

އައްޑޫސިޓީގައި ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އަދި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިނިސްޓްރީއިން އައްޑޫސިޓީގައި ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އަދި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 އެޕްރީލް 2018 ކޮށްފައިވާ ނަންބަރު (IUL)438-OFID/1/2018/14 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ޝަރުތުހަމަވާ ފަރާތްތަކުން ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް، އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ ފެނުގެ ނިޒާމަށް ބޭނުންވާ ކެމިކަލްސް އަދި ލެބޯޓްރީ އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި ތަކެތި ގަތުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީ-މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 24 ޖޫން 2018 އެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯމެޓުގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2018 ޖޫން 24 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

7. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 8،000 (އަށް ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 28 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      އޯޕިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

      މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

      ހަނދުވަރީ ހިނގުން، މާފަންނު

      މާލެ، ދިވެހިރާއްޖެ

      ޓެލެފޯން: 3018450/ 3018453

      ފެކްސް: 3018301

      [email protected]

10. މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

06 ޖޫން 2018