މަސައްކަތް
ނަންބަރު: (IUL)438/1/2018/26
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 21 ޖޫން 2018 13:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ވެމްކޯގެ ނީޑްސް އެސެސްމަންޓް ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

ޝައުޤު ވެރިކަން ހުށަހެޅުމުގެ ދަޢުވަތު

 ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެދަށުން ވެމްކޯގެ ނީޑްސް އެސެސްމަންޓް ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

ރިފަރެންސް ނަމްބަރ: MV-MEE-64614-CS-INDV                  

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް މިމިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުލަކަތޮޅު (މ)، ނިލަންދެއަތޮޅު އުތުރުބުރި (ފ) އަދި ނިލަންދެއަތޮޅު ދެކުނުބުރި (ދ) ހިމެނޭ ޒޯން  4 ގެ ސަރަޙައްދާއި، ކޮޅުމަޑުލު (ތ)، އަދި ހައްދުންމަތި (ލ) ހިމެނޭ ޒޯން5 ގެ ސަރަޙައްދު އެއްކޮށްލައިގެން، ސަރަޙައްދީ ފެންވަރުގައި ކުނިމެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވާރލްޑް ބޭންކްގެ ހިލޭ އެހީގައި ކުރިއަށްގެންދާ "ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ނީޑްސް އެސެސްމަންޓެއް ހެދުމަށް ކޮންސަލްޓަންސީ ޚިދުމަތްދޭނެ ފަރާތެއް (އިންޑިވިޖުއަލް ކޮންސަލްޓެންޓެއް) ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިމަސައްކަތުގެ "ޓަރމްސް އޮފް ރިފަރަންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ތައުލީމީ ގޮތުން ހޯދާފައިވާ ސަނަދުތަކުގެ ތަފްސީލު، މިދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 21 ޖޫން 2018 ވާ  ބުރާސްފަތި ދުވަހުގެ 13:30 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

އަހުމަދު ނިޒާމް
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، ދިވެހިރާއްޖެ.
އީމެއިލް:  
[email protected]

 

06 ޖޫން 2018