ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)227-ID/227/2018/32
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 19 ޖޫން 2018 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމްކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ކުރިއަށް ގެންދާ ށ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމުކުރުމުގެ ޕްރޮޖްކްޓަށް ބޭނުންވާ ތިރީގައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޢިދާރާގެ ނަންބަރު: (IUL)227-ID/227/2018/26 (15 މެއި 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑުހުށައަޅުއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

#

ތަފްޞީލް

ބޭނުންވާ ޢަދަދު

1

55” އެލް.އީ.ޑީ ޓީ.ވީ

12

2

މިނީ ޕީސީ

12

 

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން 12ވާ  އަންގާރަ ދުވަހުގެ 11:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  2018 ޖޫން 19ވާ އަންގާރަ ދުވަހުގެ 11:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

            މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނި، ޕާޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރައިގެ 6540025،6540038  ނަންބަރަށް ގުޅުއްވުން އެދެމެވެ.

06 ޖޫން 2018