ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/376/376/2018/18
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 30 ޖޫން 2019 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢީމާން ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން.

މިރަށު މަސްޖިދުލް ޢީމާން 1 ޖުލައި 2018 އިން ފެށިގެން 30 ޖޫން 2019 ގެ ނިޔަލަށް (1 އަހަރު ދުވަހުގެ މުއްދަތައް) ފޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

ތަން: ދ. ބަނޑިދޫ ކައުންސިލްގެ އިދާރާ

ތަން: ދ. ބަނޑިދޫ ކައުންސިލްގެ އިދާރާ

13 ޖޫން 2018 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި

20 ޖޫން 2018 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި

 

            މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެނުލައްވާ ފަރާތްތަކާއި ގަޑިޖެހިގެން ޙާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ އަކާއެކު ފޮނުވުމަށް ދަންނަވަމެވެ.

            މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނޫ ނަންބަރ 18/2014 އަދި 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

            ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލެއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނީ ހުށަހައަޅާ އެންމެ ކުޑައަގަށް 90 ޕޮއިންޓް، އަދި މަސައްކަތުގެ ތަޖުރިބާއަށް 10 ޕޮއިންޓެވެ.

            ތަޖުރިބާ ގޮތުގައި ބަލައި ގަނެވޭނީ، އިމާރާތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމުގެ ރަސްމީ ރެފަރެންސް ސިޓީ/ލިޔުން ފަދަ ތަކެތި ހުށަހެޅުމުން އެފަދަ މަސައްކަތްތައް އެކަންޏެވެ.

            ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

06 ޖޫން 2018