ވަޒީފާގެ ފުރުޞަތު
ނަންބަރު: GS127/2018/09
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 14 ޖޫން 2018 14:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ( ކްރިއޭޓިވް އާރޓް)

މަޤާމް:                    ރިލީފް ޓީޗަރ ( ކްރިއޭޓިވް އާރޓް)

މަޤާމް ނަންބަރު:              -

ބެނުންވާ އަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ވަގުތީ / ކޮންޓްރެކްޓް ( 03 މަސް ދުވަސް )

މަޤާމުގެ ރޭންކް:              -

މަޤާމުގެ ކްލެސިފިކޭޝަން:        -

ސެކްޝަން:                 އެކަޑަމިކް ސެކްޝަން

މަޤާމް އޮތް އޮފީސް:            މާކުރަތު ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:       މާކުރަތު ސްކޫލް / ރ. މާކުރަތު

މުސާރަ:                   4500.00 ރުފިޔާ އާއި 6090 ރުފިޔާ އާއި ދެމެދު

ސަރވިސް އެލެވެންސް:          1500.00 ރުފިޔާ އާއި 2500 ރުފިޔާ އާއި ދެމެދު

 

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްކުރުން.
  2. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދެއްވުން.
  3. ކިޔަވައިދެއްވަން ހަމަޖެހިފައިވާ ކުދިންނަށް އެއަހަރަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތް ކުރެއްވުން.
  4. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަން ޕްލޭން ( ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކުރައްވައި ލިޑިންގ ޓީޗަރަށް ދެއްކެވުން.
  5. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް " ސްކީމް އޮފް ވާރކް" ތައްޔާރުކޮށް ނިންމެވުން.
  6. ރިލީފް ގަޑިތައްނެގުން.
  7. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންތަކާއި ސެޝަންމީޓިންގ ތަކުގައި ފުރިހަމައަށް ބައިވެރިވެ ވަޑައިގަތުން.
  8. ސްކޫލުން ބާއްވާ ސްޓާފް މިޓިންތަކާއި  ސެޝަންމީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެވަޑައިގަތުން.
  9. ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވާ މާރކް ކުރެއްވުން.
  10. ސްކޫލްގެ ދަރިވަރުންގެ އަޚުލާޤާއި ސުލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ސްކޫލަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދިނުން.
  11. ލީޑިން ޓީޗަރުން އަންގަވާ ގޮތެއްގެ މަތިން އިމްތިޙާނުތައް ތައްޔާރުކުރެއްވުމާއި، އިމްތިޙާނުތައް ހިންގެވުމާއި، އިމްތިޙާނުކަރުދާސްތައް މާރކްކުރެއްވުމާއި އަދި އިމްތިޙާނުތަކާއިގުޅޭ އެންމެހައި ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  12. ކިޔަވައިދެއްވާ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.
  13. މުވައްޒަފު ނިސްބަތްވާ ހައުސް/ކުލަބް/ޑިޕާޓްމަންޓްގެ ހަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލްކަން ހުރި އެންމެ މަތީދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރެއްވުން.
  14. ދަރިވަރުންނާއި ސްކޫލްގެ ކުރިއެރުމަށް، ސްކޫލުން ރާވާ ހިންގާ އެންމެހާ ހަރަކާތްތަކަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދިނުން.
  15. ސްކޫލް މާހައުލަކީ އެންމެހައި ދަރިވަރުންނަށާއި، ބެލެނިވެރިން އަދި ސްކޫލުގެ އެންމެހައި މުވައްޒަފުންނަށް އެކުވެރި އަދި އުފާވެރި މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން.

ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލްގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

މަޤާމުގެ ޝަރުތުތައް:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

-

-

ސާނަވީ ތަޢުލީމު ފުރިހަމަ ކުރުން.

4500/-

1500/-

ރިލީފް ޓީޗަރ

-

-

މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުން.

5500/-

1500/-

ރިލީފް ޓީޗަރ

-

-

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކުރުން.

6090/-

2500/-

 

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

2-  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި ، ޤާބިލުކަމާއި ސިފަތައް  ބެލުމަށް އިންޓަވިއު ކޮށްގެން 

 ހުށައަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮ

 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މާކުރަތު ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 14 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، މާކުރަތު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 18 ޖޫން 2018 ން 21 ޖޫން 2018 އާ ދެމެދުގެ ތާރީޚެއްގައި  މާކުރަތު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580333 ނަންބަރު ފޯނާއެވެ.  އީ-މެއިލް ކުރާނީ [email protected] އަށެވެ.

05 ޖޫން 2018