ކުއްޔަށް ދިނުން
ނަންބަރު: (IUL)22-EDF/1/2018/58
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 11 ޖޫން 2018 11:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސްބައި ކުއްޔަށް ދިނުން

  ތިރީގައި މިދަންނަވާ އޮފީސްބައިތައް ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

  1. ފިލާ ބިލްޑިންގ 1 ގެ ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް
  2. ފިލާ ބިލްޑިންގ 2 ގެ ވަނަ ފަންގިފިލާ 275 އަކަފޫޓް 

  ވީމާ، މި ބައިތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" މި އިދާރާއިން ހޯއްދަވައި ފުރިހަމަ ކުރެއްވުމަށްފަހު، 2018 ޖޫން 11 ވާ ހޯމަ ދުވަހު 11:30 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2018 ޖޫން 6 ވާ ބުދަ ދުވަހު ހެނދުނު 10:15 އިން ފެށިގެން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ.

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

05 ޖޫން 2018