ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)230-AHI/230/2018/12
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 11 ޖޫން 2018 14:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ ވަޒީފާގެ ފުރުޞަތު

 

  • މަޤާމު:              ލާންޗް ޑްރައިވަރ
  • އޮފީސް / އިދާރާ:       މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
  • ވަޒީފާ އަދާކުރަންޖެހޭތަން:  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ ބ. އޭދަފުށި
  • މުސާރަ:             3470.00
  • ސަރވިސް އެލަވަންސް:    1000.00
  • ސަޕޯޓިންގ ކޯ އެލަވަންސް: 1200.00
  • ބޭނުންވާ ޢަދަދު:        01 ( އެކެއް )

 

މާޤާމުގެ ޝަރުތު

1-      މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

1-      އަތޮޅު ކައުންސިލް އިދާރާގެ މާފަރު ލާންޗް ފަޅުގައި އަޅާފައި އޮންނައިރު ދިޔަ ހިއްކޭތޯބެލުމާއި، ވާވެލާވެލި ހުރީ ރަގަޅަށްތޯ މަދުވެގެން ދުވާލަކު 1 ފަހަރު ބަލާ، ގޯސްކޮށް ހުރިނަމަ އެކަމެއް ރަގަޅުކުރުން.

2-      އަތޮޅުކައުންސިލް އިދާރާގެ މާފަރު ލާންޗް ފަޅުގައި އަޅާފައި އޮންނައިރުގައާއި، ދަތުރުތައް ނިންމުމަށްފަހު  އެބުރި ރަށަށް އައިސް ލާންޗް ރަގަޅަށް ސާފުކޮށް ހަޑިނުވެ އޮންނާނެހެން ޤަވާޢިދުން ސާފުކޮށް ބެލެހެއްޓުން.

3-      އަތޮޅުކައުންސިލް އިދާރާގެ މާފަރު ލާންޗްގައި ކުރާ ދަތުރުތަކުގައި ފުރަން އަންގާ ގަޑިއަށްފުރޭގޮތަށް ބޯފެނާއި، ދަތުރަށް ބޭނުންވާ ޕެޓްރޯލާއި، ސަލާމަތީ ސެޓްފިކެޓްގައި ހިމެނޭ ތަކެއްޗާއި، ދަތުރަށް ކޮންމެހެން ބޭނުންވާ ތަކެތި ޔުނިޓާއި ވާހަކަދައްކައިގެން ހޯދުން.

4-      އަތޮޅުކައުންސިލްގެ އިދާރާއިން އަންގާގޮތަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

5-      ދަތުރުތަކުގައި މަޑުކުރާ ރަށްރަށުގައި ލާންޗް ރަގަޅަށް ބެލެހެއްޓުން.

6-      ލާންޗްގައި ދަވާދުލުމާއިބެހޭގޮތުން ކުރަންޖެހޭ  އެންމެހާ ކަންކަން އަތޮޅު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީންކުރުން.

7-      ދަތުރުތައް ކުރެވެމުންދާގޮތް  ދަތުރުފޮތުގައި  ޤަވާއިދުން ލިޔެ ބެލެހެއްޓުން.

8-      ލާންޗްގައި ހުންނަ އެންމެހާ ތަކެތި  ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

9-      މީގެ އިތުރުންވެސް އިދާރާގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށްބެލޭނެ ކަންތައްތައް

1- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

2- ލިބިފައިވާ މަސައްކަތު ތަޖްރިބާ ( މަސައްކަތްކުރިކަމުގެ ލިޔުން ހުށަހެޅުން )

3- މަސައްކަތްކުރުމުގެ ހުނަރާއި،ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް

އިންޓަރވިއު އަދި ޕްރެސެންޓޭޝަން

އޮންނާނެ ތަނާއި މުއްދަތު

12 ޖޫން  2018 އިން 21 ޖޫން 2018 އާއި ދެމެދު އަތޮޅުކައުންސިލް

އިދާރާގައި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 11 ޖޫން 2018 (ހޯމަ) ދުވަހުގެ މެންދުރުފަހު 14:00 ގެކުރިން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްއިދާރާއަށްފޯމު ހުށަހެޅުން. އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ލިއުންތައް ހުށަހެޅޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މިއދާރާގެ ކައުންޓަރުންނެވެ. )

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3- ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ:

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއިއެކު )

އިތުރު މަޢުލޫމާތު

1-      އިތުރު މަޢޫލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6608300 ފޯނަށް ގުޅުއްވުން އެދެމެވެ.

2-      އިންޓަރވިއު ކުރެވޭނީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކެވެ.

      މި އިޢުލާނާއިގުޅިގެން  މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6608300 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6608301 އެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.              

19 ރަމަޟާން  1439

03 ޖޫން     2018

 

އަޙްމަދު އަފްރާޙް

ބ. އަތޮޅު ކައުންސިލްގެ ނާއިބުރައީސް

03 ޖޫން 2018