ދިވެހިރާއްޖެ
`
ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ.
ނަންބަރު: (IUL)430-DBA-B/1/2018/12
އިޢުލާނު
މި އެކެޑަމީގެ ނަންބަރު (IUL)430-DBA-B/1/2018/8 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރުވަނީ އިތުރުކުރެވިފައެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެ ފަހު ވަގުތަކީ 2018 ޖޫން 07 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.
މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 3028002ން ލިބޭނެއެވެ. މި މުބާރާތާ ގުޅޭ ގޮތުން މެއިލް ކުރައްވާ ތަކެތި ފޮނުއްވާނީ [email protected] މި މެއިލް އެޑްރެހަށެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.