ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-LBS1/1/2018/74
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 06 ޖޫން 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން

އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯތިތައް ބައިކޮށް، ގޯތީގެ އެތެރެއިން ލިބިފައިވާ ބައިބަޔަށް ވަނުމަށް ނެގިފައިވާ ގޯޅިމަގަކީ ، އެގޯތީގެ ހުރިހާ ބެހެނިވެރިންނަށް ލިބޭ އޭރިޔާއިން އުނިކޮށްނަގާ ގޯޅި މަގެކެވެ. ނަމަވެސް މިފަދަ ގޯޅިމަގަށް މަގުމައްޗާއި އިންވެގެންނަގާބައި ލިބޭ ފަރާތްތަކުން ދޮރު ނުކެނޑޭނެކަމާއި، ގޯތި ބައިކޮށްގެންނަގާ ގޯޅިމަގަށް، މަގުމައްޗާ އިންވެގެން ލިބޭފަރާތުން ދޮރު ކެނޑުމާއި އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނީ ގޯޅިމަގުގެ އެތެރެއަށް ވަންނަންޖެހޭ ބައިތަކުގެ ބެހެނިވެރިންގެ އިޢުތިރާޟެއް ނެތްނަމައެވެ. އަދި ގޯޅިމަގުގެ ކޮޅުގައި ދޮރު ނުވަތަ ގޭޓުދޮރު ބެހެއްޓޭނީވެސް ގޯތީގެ އެތެރެއިން ލިބިފައިވާ ބައިތަކުގެ ބެހެނިވެރިންގެ އިޢުތިރާޟެއް ނެތް ނަމައެވެ.

ވީމާ، މިދެންނެވި ގޮތާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ބެލުމަށްފަހު ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ ކުރިން މިގޮތަށް ހުއްދަ ދެވިފައިވާ ގޯތިތަކަށްވެސް ގޯޅިމަގު އެތެރެއަށް ވަންނަންޖެހޭ ބައިތަކުގެ ބެހެނިވެރިން އިޢުތިރާޟް ކުރާނަމަ، މި މިނިސްޓްރީން ބެލުމަށްފަހު ފިޔަވަޅު އެޅޭނެއެވެ.

04 ޖޫން 2018