ދިވެހިރާއްޖެ
c
`
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ނ.ޅޮހި، ދިވެހިރާއްޖެ
ނަންބަރ: (IUL)291/INDIV/2018/1
އިޢުލާން
ޅޮހީ ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު
ޅޮހި ކައުންސިލަށް ރަށު ޕިކަޕެއް ހޯދަންވަނީ ބޭނުންވެފައެވެ.
ވީމާ ޅޮހި ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 10 ޖޫން 2018 ވާ އާދިއްތަ ދުވަހު 10:00އަށް ޅޮހީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު
- ޕިކަޕް ވިއްކަން އެދޭއަގު (ޖީ.އެސް.ޓީއާއެކު)
- ޅޮހީ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
- ޅޮހީ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމާދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
- ޅޮހީ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ މުއްދަތު
- ވެހިކަލްއަށް ދޭ ވޮރަންޓީ
ޕިކަޕާބެހޭ މަޢުލޫމާތު
- ޕިކަޕް ވާންވާނީ 2011ވަނަ އަހަރުން ފަހުގެ އުފެއްދުމަކަށެވެ.
- ޢަދަދު: 1
- އުފުލޭ ބަރުދަން: 1200KG
- ތެޔޮ: ބެޓްރި
މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
%80 |
v ހިދުމަތުގެ އަގަށްދޭ މާރކްސް v މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ޕިކަޕް ވިއްކުމަށާއި، ޅޮހީ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދިނުމަށާއި، ޅޮހީ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. |
(Benchmark Price / Submitted Price) x Allocated Percentage |
ވޮރަންޓީ |
v ވެހިކަލް އަށްދޭ އެންމެ ރަނގަޅު ވޮރަންޓީ v މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އެންމެ ބޮޑު ވޮރަންޓީއެއް އެއީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ވޮރަންޓީއެއްގެ މެދުގައި ލިބޭ % އެއް v މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ދިގު މުއްދަތެއް ވޮރަންޓީގެ ގޮތުގައި ދޭ ފަރާތަކަށެވެ. |
( Submitted years of experience / Benchmark years ) x Allocated Percentage |
|
މުއްދަތު |
10% |
v މި ބައިގައި އެންމެ ގިނަ މާކްސް ދެވޭނީ ޅޮހީ ކައުންސިލްގެ އިދާރާއަށް އެންމެ ކުޑަ މުއްދަތެއްގެ ތެރޭގައި ޕިކަޕް ފޯރުކޮށްދޭ ފަރާތަށެވެ. |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
16.09.1439
31 މެއި 2018
ޢަބުދުﷲ ސާލިމް
ކައުންސިލްގެ ރައީސް