ދިވެހިރާއްޖެ
ނަމްބަރ: (IUL)328-RM/INDIV/2018/3
އިޢްލާން
"ކުރެންދޫގެ މަގުތަކާއި، ގޯޅި އަދި ބަންޑާރަ ހުސްބިންތައް ބެލެހެއްޓުމާއިބެހޭ ޤަވާޢިދަށް" އުނިއިތުރު އިސްލާޙް ގެނައުމުގެ ފުރުޞަތު ހުޅުވާލުން.
ކުރެންދޫގެ މަގުތަކާއި ހުސްބިންތަކުގައި އެއްވެސް އުޞޫލެއް ނެތި، ތަކެތި ބެހެއްޓުމާއި، މަގުމަތީގައި ގަސް ހެއްދުމާއި، މަގުމައްޗަށް ގަލާއި ގައު ކުނޑިއާއި ރޮންދާ ކުނޑިއާއި ކީސް ކުނޑި ފަދަ ތަކެތި އަޅަމުން ދާތީއާއި، ބައެއް ފަރާތްތަކުން މަގުމަތި ސާފުކުރަމުން ނުގެންދާތީ، އެކަމުގެ ޝަކުވާ މިއިދާރީއަށް އިންތިހާއަށް ލިބެމުންދާތީ، އެކަމަށް ޙައްލު ގެނައުމުގެ ގޮތުން، ކުރެންދޫ މަގުތަކާއި، ގޯޅި އަދި ބަންޑާރަ ހުސްބިންތައް ބެލެހެއްޓުމާއިބެހޭ ޤަވާޢިދެއްގެ ދެލިކޮޕީ މިހާރު ވަނީ ތައްޔާރުކޮށްފައެވެ.
ވީމާ، މިޤަވާޢިދުގެ ދެލިކޮޕީއަށް އުނިއިތުރެއް ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިވާނަމަ، 18 ޖޫން 2018ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.
29 ޝަޢްބާން 1439
15 މެއި 2018
އިސްމާޢީލް މަދީޙް
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ރައީސް