ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)448-ASS/1/2018/35
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 11 ޖޫން 2018 14:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-295777

ބޭނުންވާ ޢަދަދު: 

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް: 

އީ.އެކްސް. 1

މަގާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރީޖަނަލް އެއަރޕޯޓްސް، މާލެ'

މުސާރަ:

މަހަކު -/8,835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލެވަންސް:

މަހަކު 3,092/25 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު -/1,100 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

ސަރަހައްދީ އެއަރޕޯޓްތަކުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި މަސައްކަތްތަކުގެ އިދާރީ އެންމެހާ ކަންކަން ރާވާހިންގާ ބެލެހެއްޓުން.

  1. ރީޖަނަލް އެއަރޕޯޓްސްގެ އުމްރާނީ މަޝްރޫޢުތަކުގެ އެންމެހާ އިދާރީ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމުގައި އިސްކޮށް ހުންނަވާ މުވައްޒަފުގެ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރުން.
  2. އިޖްތިމާޢީ އަދި އިގްތިސާދީ ކުރިއެރުމާ ގުޅޭގޮތަށް އެއަރޕޯޓްތަކަށް ގެންނަންޖެހޭ ޢުމްރާނީ ބަދަލުތައް ގެނައުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާހިންގުމުގައި އިސްކޮށް ހުންނަވާ ފަރާތަށް އެހީތެރިވެދިނުމާއި އޭނަގެ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރުން.
  3. ޕްރޮޖެކްޓްސް ސެކްޝަންގެ މަސައްކަތްތައް ދުވަހުންދުވަހަށް ބެލެހެއްޓުމާއި، ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގޭ މަޝްރޫޢުތައް ހިންގުމުގައި އިދާރީ ގޮތުން އިސްކޮށް ހުންނަވާ މުވައްޒަފަށް އެހީތެރިވުން. އަދި އެއަރޕޯޓްތަކުގައި ރީޖަނަލް އެއަރޕޯޓްސް އިން ތަކެތި ދީގެން ހިންގާ ޕްރޮޖެކްޓް ތަކުގައި މިއޮފީހުން ފޮނުވަންޖެހޭ ތަކެއްޗަށް، ރިކްއިޒިޝަން ފޯމް ތައްޔާރުކުރުވުމާއި ތަކެތި ފޮނުވުމާއި މެޓީރިއަލް ލިސްޓް އަޕްޑޭޓްކުރުން
  4. ސެކްޝަނުގެ އެންމެހާ އިދާރީ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމަށް މަސައްކަތްކުރުމާއި، ޕްރޮޖެކްޓްތަކާއި ބެހޭގޮތުން ކޮންޓްރެކްޓަރުން ހުށަހަޅާ މައްސަލަތައް ބަލާ އެކަންކަމަށް ބޭނުންވާ ޙައްލު ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހޯދައިދިނުން.
  5. ސަރުކާރުން އަލަށް ޑިވެލޮޕްކުރާ އެއަރޕޯޓްތަކާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ކުރެހުންތައް ތައްޔާރުކުރުވުމާއި، ޕްރޮޖެކްޓްތައް ހިންގުމުގައި ކުރަންޖެހޭ ކަންކަން ކުރުވުމާއި، އެއަރޕޯޓްތަކުގައި ހިންގޭ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އޮފީހުގެ އިސްކޮށް ހުންނަވާ ފަރާތަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން. އަދި އެއަރޕޯޓްތަކުގައި ހިންގޭ އެނެނިހެން ޕްރޮޖެކްޓްތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުވުމާއި، އެއަރޕޯޓްތަކުގައި ކުރެވޭ ދާއިރާގެ މަސައްކަތް މޮނިޓަރކޮށް ރިޕޯޓް ތައްޔާރުކުރުވުން.
  6. މަތީގައިވާ މަސައްކަތުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނާއި ، ދިވެހި ސިވިލް ސަރވިސްގެ ޤަނޫނާއި ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (http://www.csc.gov.mv/dv/downloads/7085 އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނުން.
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާއިން.
  3. އިމްތިހާން/ ޕްރެކްޓިކަލްސް އިން.
  4. ލިބިފައިވާ ހުނަރުން. (އިންޓަރވިއު އަދި ޕްރެޒެންޓޭޝަން)
  5. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %55 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސް އޮފީހަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް     ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ޖޫން 2018 އާއި 13 ޖުލައި 2018 އާ  ދެމެދު، ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ، 11 ވަނަ ފަންގިފިލާގައެވެ. އެ ތާރީޙުތަކުގައި އިމްތިހާން، ޕްރެޒެންޓޭޝަން އަދި އިންޓަވިއު އަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

 

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

 

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.

19 ރަމަޟާން 1439

03   ޖޫން   2018

03 ޖޫން 2018