ދިވެހިރާއްޖެ
ތޮއްޑޫގެ ހިނަވާގޭގެ މަރާމާތުތަކެއް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަންބަރު:(IUL)339/339/2018/24 އިޢުލާނާއި، ގުޅިގެން ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކާގުޅޭ މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
12 ޖޫން 2018 |
އަންގާރަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ތޮއްޑޫ ކައުންސިލްގެ އިދާރާ |
18 ޖޫން 2018 |
ހޯމަ |
13:00 |
|
މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.
- އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.
- ކުންފުންޏަކުން ވަޑައިގަންނަވާނަމަ އެކުންފުނީގެ ފަރާތުން ސިޓީއަކާއި އެކު ބަދަލުގައި މީހަކުފޮނުވާކަމުގެ ލިއުން.