ތަމްރީނު
ނަންބަރު: MNU-CA-RG/2018/67
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 14 ޖޫން 2018 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް

ޖުލައި 2018 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 4 ޖޫން 2018 ވާ ހޯމަ ދުވަހުން ފެށިގެން  14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯހާއިބެހޭ އިތުރު މައުލޫމާތު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާ 2018 ޖުލައިގައިފަށާ ކޯސްތަކުގެ މަޢުލޫމާތުހިމެނޭ ޝީޓުގައިވާނެއެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv  އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

 

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

 1.ބެޗްލަރ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް – ކ.މާލެ (ފުލްޓައިމް- ހަވީރު ދަންފަޅި)

03 ޖޫން 2018