ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2018/507
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2018
ޕަބްލިޝްކުރި ގަޑި: 23:21
ސުންގަޑި:
07 ޖޫން 2018 13:45
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން
- މަޤާމް: އޮފީސް އެސިސްޓެންޓް
- ރޭންކް: SS2
- ބޭނުންވާ ޢަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ
- މުސާރަ: 3,470.00 (ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ) ރުފިޔާ
- ސަރވިސް އެލަވަންސް: 1,000.00 (އެއްހާސް) ރުފިޔާ
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއިއެކު، SS1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- · މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
- ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ސިޓީއާއި، މެސެޖް އަދި އެހެނިހެން ލިޔުންތައް އެފަރާތްތަކަށް ރައްދުކުރުމާއި،
- މައްސަލަތަކުގައި ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުން ޙާޟިރުކުރުމަށްޓަކައި ރައްދުކުރަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު އެފަރާތްތަކަށް ރައްދުކުރުމާއި،
- ބަންދަށް ޙުކުމް ކުރާ މީހުން ބަންދުކުރުމަށްޓަކައި ކަރެކްޝަނަށް ގެންދިއުމާއި،
- ކޯޓު ހުޅުވުމަށް ވެލާނާގޭގައި އަޅުވާފައިވާ ސިވިލް ކޯޓުގެ ތަޅުދަނޑި ގެނައުމާއި، އޮފީސް ބަންދުކުރާއިރު ކޯޓުގެ ކުޑަދޮރުތައް ލައްޕާ ހޮޅިބުރި ފަންކާފަދަ ތަކެތި ނިއްވުމާއި ކޯޓު ބަންދުކުރުމަށްފަހު ކޯޓުގެ ތަޅުދަނޑި ވެލާނާގޭގައި އެޅުވުން.
- ކޯޓުގެ ޢިމާރާތުގެ އެތެރެ ފޮޅާ ސާފުކުރުމުގެ ކަންތައްތަކާއި، ގޮނޑިތަކާއި، މޭޒުތަކާއި، ހަރުގަނޑު، ފަންކާ، ކޯޓުގެ ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި، ފަންތައް ހަފްތާއަކު އެއްދުވަހު ފޮޅާ ސާފުކުރުމާއި،
- އަދި ކޯޓުގެ ސްޓޮކަށް ނަގަން ބޭނުންވާ ތަކެތި ނަގަންދިއުމާއި، އެފަދަ ތަކެތި ކޯޓަށް ގެނައުމާއި،
- އަދި ކޯޓުގެ އެތެރޭގައި ބައެއްފަހަރު ކުރަންޖެހޭ ބައެއް ބޮޑެތި މަސައްކަތްކުރުން. (އޭގެ ތެރޭގައި ފައިލްތަކާއި ފޮތްތައް އަދި ގޮނޑި މޭޒުފަދަތަކެތި ތިރިއަށް ގެނެސް ގެންދިއުމުގެ މަސައްކަތްކުރުން)
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ނޯޓް: މިމަޤާމަށް މީހަކު ހޮވުމުގައި ގިނަ ވަގުތު ޗިޓު ބެހުމުގައި ހޭދަކުރެވޭނެ ފަރާތްތަކަށް އަދި ޑްރައިވިންގ ލައިސެންސް ކެޓެގަރީ އޭ-1 ގައި ހިމެނޭ ތަކެތި ދުއްވުމުގެ ހުއްދަ އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2018 ޖޫން 07 ވާ ބުރާސްފަތި ދުވަހުގެ 13:45 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
16 ރަމަޟާން 1439
31 މެއި 2018
31 މޭ 2018