ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2018/52
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2018
ޕަބްލިޝްކުރި ގަޑި: 22:37
ސުންގަޑި: 10 ޖޫން 2018 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑެކްހޭންޑް
ބޭނުންވާ އަދަދު :2

މުސާރަ:

މަހަކު -/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،072 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4،000ރ - 5،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

ނުވަތަ

- މި ފަދަ މަޤާމެއްގައި 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

- ކަނޑުމަތީ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހެއް ކަމުގައިވުން.

- ފަތަން އެނގޭ ފަރާތެއް ކަމުގައިވުން.

- އުޅަނދަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- ފަޅުވެރިންގެ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އައިލެންޑް ބިލްޑަރ ކަނޑުމަތީގައި ދުއްވާއިރާއި ބަނދަރުގައި އޮންނައިރު ރަގަޅަށް ބެލެހެއްޓުން.

- އައިލެންޑް ބިލްޑަރ ގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ކުރުން.

- އައިލެންޑް ބިލްޑަރ އަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ކުރުން.

- އައިލެންޑް ބިލްޑަރގެ ދަތުރުގައާއި އަދި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ޑިއުޓީކުރުން.

- އައިލެންޑް ބިލްޑަރ ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން.

މަޤާމް :ކުރޫ
ބޭނުންވާ އަދަދު :2

މުސާރަ:

މަހަކު -/3840 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3،072ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

4،000ރ - 5،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

-  ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަހުން ލިޔެ ކިޔަން އެގުން.

- ފަޅުވެރިންގެ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ބުރަ މަސައްކަތް ކުރެވޭފަދަ ސިއްޚަތު ރަނގަޅު މީހެއް ކަމުގައިވުން.

- ޝިފްޓް ޑިއުޓީ ތަކުގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.

- އުޅަނދަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- ޚިދުމަތް ހޯދާ ފަރާތްތަކަށް އިޚުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- އެއްގަމާއި ކަނޑުމަތީ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ މީހެއް ކަމުގައިވުން.

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ފަތަން އިނގޭ ފަރާތެއް ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކަނޑު އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި އުޅަނދު ސާފުތާހިރުކަމާއިއެކު ބެލެހެއްޓުން.

- މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް އުޅަނދުން ދަތުކުރާ މީހުންނަށާއި މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

- މަސައްކަތް ކުރަން ހަމަޖެހިފައިވާ އުޅަނދު ދޮވެ ސާފުތާހިރު ކަމާއިއެކު ބެލެހެއްޓުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 ލޮޖިސްޓިކްސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 ޖޫން 10 ވާ އާދިއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

- ޕޮލިސް ރިކޯޑް ފޯރމް (އެއްމަސް ހަމަނުވާ)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރުމަޢުލޫމާތު:3329339 ފެކްސް: 3325293  

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
31 މޭ 2018