މަޤާމް:
|
ސީނިއަރ ސުޕަވައިޒަރ
|
މަޤާމުގެ ނަންބަރު:
|
J-257484
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މޮސްކް މެނޭޖްމަންޓް ސެކްޝަން / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ކ.މާލެ
|
މުސާރަ:
|
މަހަކު 5020.00 ރުފިޔާ،
|
ސަރވިސް އެލެވަންސް:
|
މަހަކު 1500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.'
- ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް::
|
- ދާއިމީ އިމާމުން ޗުއްޓީ އާއި ސަލާމް ބުނުމުން ވަގުތީގޮތުން ނަމާދު ކުރާނެ މީހުންގެ ޕޫލެއް ބެލެހެއްޓުމާއި އަދި ޕޫލުގައި ހިމެނޭ ފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކަށް ޙާޟިރުނުވާ އިމާމުންގެ ޙާޟިރީ ރިޕޯޓް ދުވަހުން ދުވަހަށް ހިއުމަން ރިސޯސް ޔުނިޓަށް ހުށަހެޅުން
- މާލޭސިޓީ އަދި ރަށްރަށުގައި ޢީދު ނަމާދު، ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމް ކުރުމުގެ މަސައްކަތް ކުރުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތް، މިސްކިތްތަކަށް ގޮސް ސުޕަވައިޒްކުރުމާއި އަދި މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ތަކެތި އަދި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ނުވާނެ ގޮތަށް މަސައްކަތް ކުރުމަށް އިރުޝާދު ދިނުމާއި ޗެކްކުރުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ސައުންޑްއަށާއި ތަކެއްޗާއި އަދި މިސްކިތްތަކަށް ލިބޭ ގެއްލުން ބެލުމާއި އަދި ކުލަ ބަދަލު ކުރަންޖެހޭ މިސްކިތްތައް ލިސްޓްކޮށް ކަނޑަ އެޅޭ މުވައްޒަފަކަށް ހުށަހަޅައި ފޮލޯއަޕް ހެދުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކުގައި ދުވާލު ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައި މޫސުން ގޯސް ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން މިސްކިތްތަކަށް ގެއްލުމެއް ލިބުން ނުވަތަ އެ ނޫނަސް ހާދިސާ އެއް ހިގައިފި ނަމަ އެ މިސްކިތަކަށް ޙާޟިރުވެ އެވަގުތަކަށް ގެނެވެން ހުރި ހައްލެއް ގެނައުމާއި އަދި އެކަމެއް ޑޮކިއުމަންޓްކޮށް އެކަމުގެ މަޢުލޫމާތު ވެރިންނަށް ހުށަހެޅުން
- މާލޭސިޓީގެ މިސްކިތްތަކުގެ ޞައްޙަ ދަފްތަރެއް (ނަމާދުކުރާ ބަޔާއި ގޯތީގެ ބޮޑުމިން އެގޭގޮތަށް) ބެލެހެއްޓުން
- މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކާއި މިސްކިތްތަކުގެ ގޯތިތެރޭގައި ޤަވާޢިދާ ޚިލާފަށް ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ އުޞޫލްތަކާ ޚިލާފަށް ބަހައްޓާ ތަކެތި ނެގުމާއި އަދި މިސްކިތްތަކުގެ ތެރޭގައި ޤަވާޢިދުތަކާއި އުޞޫލްތަކާ ޚިލާފަށް މީހަކު ނުވަތަ ބަޔަކު ހިންގާ ޢަމަލުތައް ހުއްޓުމަށް މަސައްކަތްކުރުން
- އިމާމުންނާއި ޚަޠީބުންނާގުޅޭގޮތުން ހަށަހަޅާ ޝަކުވާތައް ބަލައިގަނެ ވެރިންނަށް ހުށަހެޅުން
- މާލޭސިޓީގެ މާލެ ހުޅުމާލެ އަދި ވިލިމާލެ މި 3 އަވަށުގެ މިސްކިތްތަކުގެ ތެރެއިން ކަނޑައެޅޭ މިސްކިތްތަކުގައި ފަރުޟު 5 ނަމާދާއި ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދާއި ތަރާވީޙު ނަމާދު އަދި މި ނޫނަސް މި މިނިސްޓްރީގެ ފަރާތުން އިންތިޒާމް ކުރާ އެންމެހާ ނަމާދުތައް ކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ޤަވާޢިދުތަކާއި އުޞޫލްތަކާ އެއްގޮތަށް، އިމާމުންނާއި ޚަޠީބުން އަމަލު ކުރޭތޯ ބެލުމަށްޓަކައި މިސްކިތްތަކަށް ގޮސް ސްޕަވައިޒްކުރުން އަދި ސުޕަވައިޒް ކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތައް ޑޮކިއުމަންޓްކޮށް އޮފީހަށް ހުށަހެޅުން
- މާލޭސިޓީގެ މިސްކިތްތަކުގައި ހުކުރު ނަމާދު، ޢީދު 02 ނަމާދު، ކޭތަ ނަމާދު، އެދުވަހަކު ނަމާދު ކުރުމަށް ހަމަޖައްސާ ޚަޠީބުންގެ ލިސްޓް، ބަދަލުގައި ހަމަޖައްސާނެ މީހުންގެ ތާވާލް އަދި ޚުޠުބާތައް އިމާމުންނަށާއި ޚަޠީބުންނަށް ޙަވާލުކު
- އޮފީހުގެ ރަސްމީ މަސައްކަތާގުޅޭގޮތުން ހަވާލު ކުރެވޭ މަސައްކަތްތައް ކުރުން
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅެ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %40
- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
- މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
- ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) %45
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖޫން 12 އާއި 2018 ޖޫން 28 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
45% (ސާޅީސް ފަސް ޕަސެންޓް )
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|