ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2018/41
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 10 ޖޫން 2018 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1 (ކޮންޓްރެކްޓް)

އިޢުލާނު

 

މަޤާމް:                   އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1

ބޭނުންވާ އަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ކޮންޓްރެކްޓް

ވަޒީފާ އަދާކުރަންޖެހޭ މުއްދަތު:      3 މަސްދުވަސް

މަޤާމުގެ ރޭންކް:              އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:         ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:       މޯލްޑިވްސް ޕޮލިޓެކްނިކް / ކ.މާލެ

މުސާރަ:                  6،295 ރުފިޔާ 

ސަރވިސް އެލެވަންސް:          3،500 ރުފިޔާ 

އެހެނިހެން އެލަވަންސް:          1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

                       2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                       3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު           1. ބީޓެކް ޕްރޮގްރާމާއި ގުޅުހުންހުރި އެންމެހާ ކަންތައްތައް ޕިއަރސަން އިންޓަރނޭޝަނަލް ރީޖަނަލް އޮފީހާއި ގުޅިގެން ކުރުން.

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:     2. ބީޓެކްގެ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންޓަރނޭޝަނަލް ވެރިފަޔާރޒްއާއެކު މަސައްކަތްކުރުން.

                      3. ދަރިވަރުންގެ އެސައިންމެންޓްތަކާއި، އެސެސަރ ފޯމްތަކާއި އިންޓާރނަލް ވެރިފަޔަރ ފޯމްތައް މޮނިޓަރކުރުން.

                      4. ކުއަލިޓީ ޗެކްކުރުން.

                      5. ސްކޫލްތަކާއި މިނިސްޓްރީގެ ގުޅުންހުރި ސެކްޝަންތަކުގެ ކޯޑިނޭޓަރުން ބީޓެކް ސްޓްރީމްތައް ހިންގަމުންދާ

                       ގޮތް ޗެކްކުރުން.

                      6. ރާއްޖޭގެ ސްކޫލްތަކުގެ ބީޓެކް ޕްރޮގްރާމްގެ ފެންވަރު ދެމެހެއްޓުން.

                      7. ބީޓެކް ސްޓްރީމްތައް ހިންގާ (ކޯޑިނޭޓަރުން، ވެރިފަޔަރއިން، އެސެސަރުން) އަށް ބޭނުންވާ ޓްރެއިނިންގތައް ރޭވުން.

                      8. ސްކޫލްތަކުގައި ބީޓެކް ޕްރޮގްރާމް ހިންގަމުންދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން. މީގެ ތެރޭގައި އަތޮޅުތަކުގެ

                      ސްކޫލްތަކަށް ޒިޔާރަތްކުރުން.

                      9. ބީޓެކް އެސައިންމެންޓްތައް ޗެކްކުރުން.

                      10. ބީޓެކް ސްޓްރީމް ދަރިވަރުންގެ ނަތީޖާތައް ޗެކްކުރުން.

                      11. ސްކޫލްތަކުގެ ބީޓެކް ސްޓްރީމްގެ ނަތީޖާތަކުގެ ސްޓެޓިސްޓިކްސް އަޕްޑޭޓްކުރުން.

                      12. ބީޓެކް ކުރިއަށްގެންދިޔުމަށް މިނިސްޓްރީން ބޭނުންވާ ރިޕޯޓްތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން.

                      13. ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ މައުލޫމާތުތައް ތައްޔާރުކޮށް ސްކޫލްތަކަށް ފޮނުވުން.

                      14. ބީޓެކް ޕްރޮގްރާމް ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ހޯދައި ބޭނުންވާ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:          1. ކިޔަވައިދޭ މާއްދާ (އިކޮނޮމިކްސް / ހޮސްޕިޓާލިޓީ / ބިޒްނަސް) ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ

                      ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް

                      ހާސިލްކޮށްފައިވުން.   

                      ނުވަތަ 

                     2. ކިޔަވައިދޭ މާއްދާ (އިކޮނޮމިކްސް / ހޮސްޕިޓާލިޓީ / ބިޒްނަސް) ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ

                      ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް

                      ހާސިލްކޮށްފައިވުމާއެކު، ތަމްރީނުދިނުމުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

                      ނުވަތަ

                     3. ކިޔަވައިދޭ މާއްދާ (އިކޮނޮމިކްސް / ހޮސްޕިޓާލިޓީ / ބިޒްނަސް) ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ

                      ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،

                      ތަމްރީނުދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

                      ނުވަތަ 

                     4. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއެކު،

                      އެމް.އެސް 1 ރޭންކުގެ ތަމްރީނު ދިނުމުގެ ދާއިރާއެއްގެ ވަޒިފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު

                      ތަޖުރިބާ ލިބިފައިވުން.  

 

ހުށަހަޅަންޖެހޭ ލިޔުންތައް:       1. ފުުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި

                     ކައުންޓަރުން ލިބެންހުންނާނެއެވެ.)

                     2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                     3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،

                      އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                     4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް

                      ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން

                      ދޫކޮށްފައިވާ ލިޔުން.

                     5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

                       (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ

                       މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ

                       ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް

                       ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

                       (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

                        ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                     6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

                     7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް

                      ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

                     8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                       (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،

                        އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން

                        ދޫކޮށްފައިވާ ލިޔުން.

                       (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ

                        އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް

                        އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

                     

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް   ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ހޮވުމަށް ބެލޭނެ ކަންތައްތައް:     ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

                     ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

                     ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2018 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ.

                       ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

                      އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ

                      ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު އޮންނާނެ ތަނާއި،       މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖޫން 2018 އާއި 17 ޖޫން 2018 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.

މުއްދަތު:

 

ޝޯޓް ލިސްޓްކުރުން:          މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން

                     އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3305401 / 3305469) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

9 ރަމަޟާން 2018

 

 

31 މޭ 2018