ދިވެހިރާއްޖެ
އިޢުލާނު
އިޖްތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއްހޯދުން
މިހިނގާ 2018 ވަނަ އަހަރު ގެ ނިޔަލަށް ކުނަހަންދޫ ދަންޖެހުނު މަގާއި، އާމަގާއި، އަންހެނުން ކޮށީމަގު، އޮޑިވަޅައްދާ މަގު އަވަށް ވަށައިގެން ވާސަރަޙައްދު ހިމެނޭ ސަރަޙައްދުތަށް ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.މި ހުރިހާތަނެއް މަހަކު ދެ ފަހަރު ސާފްކުރަންވާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ސައުގުވެރިވާ ފަރާތްތަކުން 07 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކުނަހަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބު ސިޓީއުރައިގާ ބަންދު ކުރެވި "އިޖުތިމާޢީ ސަރަޙައްދު ކުނިކާހާ ސާފުކޮށް ބެލެއްޓުމަށް އެދި" މިހެން އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. މި ސަރަޙައްދަށް ކަޑައެޅިފައިވާ އެންމެ ބޮޑު އަގަކީ މަހަކު -/6000 ރުފިޔާ އެވެ. މަސައްކަތް ހަވާލްކުރެވޭނީ އެންމެ ކުޑަ އަގު ހުށައަޅޭ ފަރާތަކަށްށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ރަމަޟާން 1439
31 މެއި 2018