ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2018/26
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 07 ޖޫން 2018 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއްހޯދުން

 

 

އިޢުލާނު

އިޖްތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއްހޯދުން

 

މިހިނގާ 2018 ވަނަ އަހަރު ގެ ނިޔަލަށް ކުނަހަންދޫ ކައުންސިލް އިދާރާގެ ހުނޅަގު ފާރުން ފެށިގެން ކުނަހަންދޫ ސިއްޙީމަރުކަޒުގެ އިރުމަތީ ފާރާ ހަމައަށް ބަނދަރު ސަރަޙައްދާއެއްކޮށް ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި މީގެ ތެރެއިން ކަންކަމަށް ދޫކޮށްފައިވާ ބިންތައް ކެޑޭނެއެވެ. މި ހުރިހާތަނެއް މަހަކު ދެ ފަހަރު ސާފްކުރަންވާނެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ސައުގުވެރިވާ ފަރާތްތަކުން 07 ޖޫން  2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކުނަހަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބު ސިޓީއުރައިގާ ބަންދު ކުރެވި "އިޖުތިމާޢީ ސަރަޙައްދު ކުނިކާހާ ސާފުކޮށް ބެލެއްޓުމަށް އެދި" މިހެން އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. މި ސަރަޙައްދަށް ކަޑައެޅިފައިވާ އެންމެ ބޮޑު އަގަކީ މަހަކު -/10000 ރުފިޔާ އެވެ. މަސައްކަތް ހަވާލްކުރެވޭނީ އެންމެ ކުޑަ އަގު ހުށައަޅޭ ފަރާތަކަށްށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ރަމަޟާން    1439

31 މެއި       2018                                                                 

31 މޭ 2018