ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2018/93
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2018
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 06 ޖޫން 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް  (ކ. ވިލިނގިލި)

ގްރޭޑް:

01

ސްޕައިން ޕޮއިންޓް:

01

މުސާރަ:

މަހަކު 3,549.22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,521.09 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • އަސާސީ ފެންވަރު

މަޤާމުގެ މަސްއޫލިއްޔަތު:

  • ސެންޓަރުގެ ކްލާސްރޫމްތަކާއި، އޮފީހުގެ ކޮޓަރިތައް، ކޮރިޑޯތަކާއި، ސާފުކުރަން ހަވާލުކުރެވޭ އެހެނިހެން ތަންތަން ކުނިކަހައި، ފޮޅައި ސާފުކުރުމާއި، މިތަންތަނުގެ ގޮނޑިމޭޒު، ޝެލްފް ފަދަ ތަކެއްޗާއި، ބިއްލޫރިތައް ފޮހުން.
  • ސެންޓަރުގެ އިމާރާތްތަކުގެ ފުރާޅަށް އަރާ، ފުރާޅު އަދި ދިޔަދޮވިތައް ސާފުކުރުން.
  • ފެކަލްޓީގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ފާޚާނާތައް ސާފުކުރުން.
  • އެގްޒޭމް ހޯލްތަކަށް ގޮނޑި މޭޒުޖެހުމާއި، މިތަންތަން ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
  • ސާފުކުރަން ހަވާލުކުރެވޭ ތަންތަނުގެ ތަކެއްޗަށް ދިމާވާ މެއިންޓަނަންސް މައްސަލަތައް ސެންޓަރުގެ ވެރިޔަކަށް ރިޕޯޓްކުރުން.
  • ވޮޗަރު/ޑިއުޓީ އޮފިސަރުން ކެއުމަށާއި ނަމާދު ވަގުތަށް ފޮނުވުމަށް މަޑުކޮށްދިނުން.
  • ސެންޓަރުގެ އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުން (ގޮނޑި، މޭޒު، ފޮތް، ފައިލް، ކަރުދާސް ފަދަ ތަކެތި)
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި މާލޭގެ އެހެނިހެން އިދާރާތަކާއި އޮފީސްތަކަށް ފޮނުވަންޖެހޭ ތަކެތި ގެންގޮސްދިނުމާއި ބަލާދިއުން (ސިޓީ، ލިޔެކިޔުންތައް، ސްޓޮކް އައިޓަމްތައް، ފޮށިގަނޑުގަނޑު، އިކުއިޕްމަންޓާއި މެޝިނަރީ ފަދަ ތަކެތި)
  • ސަވައިވަލް ސެންޓަރުގައި ހިނގާ ޓްރެއިނިންނަށް ބޭނުންވާ ސާމާނު ސެންޓަރުން ސަވައިވަލް ސެންޓަރަށް ގެންދިއުމާއި ޓްރެއިނިން ނިމުމުން އަނބުރާ ސެންޓަރަށް ގެނައުން. (ލައިފް ރާފްޓް، އަލިފާން ރޯކުރާ ކޮންޓެއިނަރ، އަލިފާން ނިއްވާ ފުޅި، ތެޔޮ ހަން ފަދަ ތަކެތި).
  • ސެންޓަރުން އެހެނިހެން ރައްރަށުގައި ހިންގާ ކޯސްތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ސެންޓަރުން މާލޭގެ ބަނދަރުގައިވާ ބޯޓުފަހަރު ދޮށަށް ތަކެތި ގެންދިއުމާއި އަނބުރާ އައުމުން ބޯޓުދޮށަށް ބަލާދިއުން (ފޮށިގަނޑުގަނޑު، ލަގެޖް، އަލިފާން ނިއްވާފުޅި، ލައިފް ބޯއީ ފަދަ ތަކެތި).
  • ހުކުރު، ހޮނިހިރު ދުވަހުގެ ޑިއުޓީއަށާއި، އިތުރުގަޑީގައި މަސައްކަތްކުރުމަށް ނިކުތުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2018 ޖޫން 06 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
  • http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް. (މަތީގައި ދެންނެވުނު ލިޔުމަކީ އެ މުވައްޒަފު ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމަކަށްވުން )
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345408 ނަމްބަރު ފޯނަށެވެ.
31 މޭ 2018