ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2018/155
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2018
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 05 ޖޫން 2018 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓޮކް ކީޕަރަކު ބޭނުން ވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފަކުބޭނުންވެއްޖެއެވެ.

މަޤާމް: ސްޓޮކް ކީޕަރ

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/4350 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 164 (ސ. ހުޅުމީދޫ) ފިހާރަ

އެހެނިހެންއިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާ އާއި -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެމަސްއޫލިއްޔަތު

  • ހޯލްސޭލްސް ކަސްޓަމަރުނަށް ގުދަނުން މުދާ ދޫކުރުން
  • ގުދަނުގެ ސްޓޮކް ބަލެހެއްޓުމަށް ކުރަން އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން
  • ސްޓޮކަށް އަންނަ ބަދަލުތަކުގެ ރެކޯޑްބަލަހައްޓާ އިންވެންޓްރީ ކޮންޓްރޯލް ކުރުން
  • ބޭނުންވެއްޖެ ހިދެއްގައި ފިހާރާގައި ވިޔަފާރި ހިންގުމުގައި އެހީތެރިވުން

ފެންވަރުނުވަތަޝަރުތު

  • ބިޒްނަސް ނުވަތަ މި ދާއިރާ އާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން
  • މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެގުން.

އެހެނިހެންހުނަރު

  • މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޖޫން 5 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

 

30 މެއި 2018

30 މޭ 2018