ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2018/42
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 07 ޖޫން 2018 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނުކޮޑާ ސަރަހައްދުން އަމިއްލަ އުޅަދުފަހަރު ބަނުމާއި މަރާމާތުކުރުމަށް ބިންދޫކުރުމާއި ބެހޭ

ކަނުކޮޑާ ސަރަހައްދުން އަމިއްލަ އުޅަދުފަހަރު ބަނުމާއި މަރާމާތުކުރުމަށް ބިންދޫކުރުމާއި ބެހޭ

 

ކަނުކޮޑާ ސަރަހައްދުން ފައިބަރުންނާއި ލަކުޑިން ޑިންގީ، ލޯންޗް ފަދަ އުޅަނދު ބަނުމަށާއި މަރާމާތުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ބިންދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ، ބޭނުންފުޅުވާ ފަރާތްތަކުން 07 ޖޫން 2018 ވަނަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ބޭނުންވާ ބިމުގެ ބޮޑުމިން އެގޭނެހެން، މަޑަވެލި ކައުންސިލަށް ހުށަހަޅައިގެން ބިންހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްއެދި ދެންނެވީމެވެ.

 

         އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 މޭ 2018