ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2018/40
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:03
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދިރި ކޮންޓްރޯލް ކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމާއި ބެހޭ

މަދިރި ކޮންޓްރޯލް ކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމާއި ބެހޭ

ގދ. މަޑަވެލީގައި މަދިރިން ޖެހޭ ޑެންގީ ހުންފަދަ ބަލިތައް ފެތުރެމުންދާތީ، މަދިރިމަދުކުރުމަށް ޚާއްސަ ކަންތައްތަކެއް ފަރުދީ ފެންވަރުގައި ކުރަން މިވަނީ ޖެހިފައެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކީ މަދުވެގެން 30 މިނިޓް އާޢިލާއާއި އެއްކޮށް އެބޭފުޅެއްގެ ގެޔާއި ގޯތިތެރޭގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ހަރަކާތެއް ހިންގަންޖެހޭ ދުވަހެއް ކަމުގައި ކަޑައަޅައި މުޅިމުޖުތަމާޢުގެ ދުޅަހެޔޮކަމަށް އެންމެންގެ އަތުކުރި އޮޅާލައި މަސައްކަތްކުރާ ވަގުތުކޮޅަކަށް ހެއްދެވުމަށް ގޮވާލަމެވެ.

އެހެންކަމުން މަދިރީގެ ޒަރީއްޔާއިން ޖެހޭ ޑެންގީ ހުންފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ބަލި ފެތުރިދާ ކަންކަން ދަނެގަނެ ފިޔަވަޅުތައް އަޅަމުން ދިއުމަކީ ފަރުދީ ޒިންމާއަކަށް ހަދާށެވެ. އަދި ބަލިފެތުރި ފުރާނައަށް ނުރައްކާވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އެންމެހާ ފަރާތްތަކަށް އަންގައި އިލްތިމާސް ކުރަމެވެ.

30 މޭ 2018