މަސައްކަތް
ނަންބަރު: (IUL)13-K/13/2018/112
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 04 ޖޫން 2018 12:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މަގުހެދުމުގެ މަޝްރޫޢުތަކަށް ތާރު އެޅުމަށް މެޝިނަރީ ސަޕްލައިކޮށް ޑެލިވަރީ ކޮށްދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތުތު

1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، މަގުހެދުމުގެ މަޝްރޫޢުތަކަށް ތާރު އެޅުމަށް މެޝިނަރީ ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް (IUL)13-K/13/2018/92  މިމިނިސްޓްރީކުރެވުނު އިޢުލާން ބާތިލުކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސްފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 30 މޭ 2018 4 ޖޫން 2018އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 12:30 އަށް މި މިނިސްޓްރީއިންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.                                                                

3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/70,000ރ (ހަތްދިހަހާސް ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް.ޑޮލަރު) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ،3 ޖޫން 2018ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

5. ބީލަން ހުޅުވުން އޮންނާނީ 5 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : 3349296   3349115

އީ-މެއިލް : [email protected]

ކޮޕީ  : [email protected]

29 މޭ 2018