ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތުތު
1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، މާލޭ ރިންގް ރޯޑް މަޝްރޫޢުއާއި ރަށްރަށުގެ މަގުހެދުމުގެ މަޝްރޫޢުތަކުގައި ބޭނުންކުރުމަށް މަގުބައްތި ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީ ކުރެވުނު އިޢުލާން (IUL)13-K/13/2018/93 ނަންބަރު ބާތިލުކޮށް އަލުން މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.
2. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސްފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 30 މޭ 2018 4 ޖޫން 2018އަށް، ބަންދުނޫން ކޮންމެ ދުވަހަކު 10:30 އިން 12:30 އަށް މި މިނިސްޓްރީއިންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
3. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް.ޑޮލަރު) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 3 ޖޫން 2018ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
5. ބީލަން ހުޅުވުން އޮންނާނީ 5 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349296 3349115
އީ-މެއިލް : [email protected]
ކޮޕީ : [email protected]