ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)258/2018/38
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2018
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 11 ޖޫން 2018 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ވޭސްޓް މެނޭޖް މަންޓަށް ބޭނުންވާ ތަކެތިގަތުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

                 ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް އަށް ބޭނުންވާ  ތަކެތި ގަތުމަށް މިކައުންސިލުންކުރި ނަންބަރ: IUL)258/2017/51 )  އިޢުލާންނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެތަކެތި ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

ގަންނަން ބޭނުންވާ ތަކެތި

-      100 ޑަސްބިން 120 ލީޓަރ

-      50 ޑަސްބިން 60 ލީޓަރ

-      50 ޑަސްޓް މާސްކް (ފޮތި މާސްކް)

-     06 ފޮށި ރަބަރު އަންގި

-     01 އެޑްޖެސްޓެބަލް ރެންޗް

-     01 ކޮންބިނޭޝަން ރެންޗް ސެޓް

-     01 ސޮކެޓް ރެންޗް ސެޓް

-     01 ދުނިކީސް (ފްރޭމް)

-     01 ކޮމްޕްރެސަރ ހޯސް 

-     01 ކާރޗާރ މެޝިން

-     16 ވިއްސާރަ ކޯޓް

-     15 ސޭފްޓީ ބޫޓް

            ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 04 ޖޫން 2018 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.

             މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ  ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ  ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބީލަމުގެ ނަމާއި ނަންބަރު، ހުށަހަޅަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑިއާއި ހުށަހަޅާ ފަރާތުގެ ނަން ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

                     މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 މޭ 2018