ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2018/87
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2018
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 11 ޖޫން 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރ ފޮރ އޯޕަން ލާރނިންގ ހިންގާނެ ވެރިޔަކު ބޭނުންވެއްޖެ

މަޤާމް :ސެންޓަރުގެ ވެރިޔާ
ބޭނުންވާ އަދަދު :1

މަޤާމް: ސެންޓަރުގެ ވެރިޔާ

 މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް

ބޭނުންވާ ޢަދަދު:  1

މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

 

ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:

  1. މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   
  • ޕީ.އެޗް.ޑީ ނަމަ، މުސާރަ: 15,246.00ރ، ސާރވިސް އެލަވަންސް: 6،534.00ރ
  • މާސްޓަރ ނަމަ، މުސާރަ: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮވެއެވެ.
  1. ޓެނުއަރޝިޕް އެލަވަންސް:  6،000.00 ރުފިޔާ
  2. ފޯން އެލަވަންސް: މަހަކު  500.00 ރުފިޔާ

 

ތަޢުލީމީ ޝަރުޠުތައް:

  1. ފެކަލްޓީއެއްގެ ޑީން ނުވަތަ ސެންޓަރެއްގެ ވެރިޔާ ކަމަށް ހަމަޖެއްސޭނީ ދައްވެގެން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައިވާ މީހެކެވެ. މަތީތަޢުލީމުގެ ތެރޭގައި ނުވަތަ ޢަމަލީ މަސައްކަތުގެ ތެރޭގައި ފެކަލްޓީ/ސެންޓަރަކާއި ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ހާޞިލްކޮށްފައި ވުމަށް ބަލާނެއެވެ.
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފެންވަރުގެ ފާހެއް އޮތް މީހަކު އެވަގުތު ނުލިބިއްޖެނަމަ ހަމަޖެއްސޭނީ އެކްޓިންގ ހެޑްގެ މަޤާމަށެވެ. އެކްޓިންގ ހެޑްގެ މަޤާމަށް މީހަކު ޢައްޔަނުކުރާނަމަ ޢައްޔަނުކުރެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
  3. މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓާރޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ޙާޞިލްކޮށްފައި ވާން ވާނެއެވެ.

 ވަޒީފާގެ ބައެއް ޝަރުޠުތައް:

  1. މަޤާމުގައި ހުންނަ މީހަކު އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީއިން ބޭރުގައި އަދާ ކުރެވޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.
  2. ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.    

 

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ, މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.

 

URL: http://mnu.edu.mv/wp-content/uploads/2016/10/Deans-and-Heads-appointment-policy-01.11.2017.pdf

ސިޓީ ފޮނުވަންވީ ތާރީޚް:  2018 ޖޫން 11 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

                 

ހުށަހަޅަންޖެހޭ ލިޔުންތައް:

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ.

އަދި ޔުނިވަރސިޓީ ގެ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ).

 

 http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf 

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު)

 

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345137 ނަންބަރު ފޯނާއެވެ.

އީމެއިލް:   [email protected]

28 މޭ 2018