ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2018/62
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2018
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 06 ޖޫން 2018 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު :1

އިއުލާން

        މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް ފަރާތެކެވެ.

މަޤާމް:

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J-258574

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް. 3

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

 

މުސާރަ:

މަހަކު -/4465 ރުފިޔާ

 

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

 

ރިސްކް އެލެވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

-/700 ރުފިޔާ

 

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަ މީހުންނަށް (އެމީހާ އައި ބޭނުމަކާއި ގުޅޭގޮތުން) މަގުދައްކައިދީ އެހީތެރިވެދިނުން.
  2. ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އެހީތެރިވުން.
  3. ޕީ.އޭ.ސިސްޓަމް ޗެކްކޮށް ބެލުމާއި، ކިޔޫއިން ސިސްޓަމްގެ ކަންތައްތައް ރަގަނޅުތޯ ބަލައި ޗެކްކޮށް މައްސަލައެއް އޮތްނަމަ އަންގަންވާ ފަރާތްތަކަށް އަންގައި ހައްލުކުރުން. 
  4. އައި.ޕީ.ޑީ ގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާއިރު ކޮޓަރީގެ ބޭރުގައި ކިޔޫގައި ތިބޭމީހުންނަން އެއްވެސް ކަހަލަ މައްސަލައެއް ދިމާވޭތޯ ބަލަމުންގެންދިއުން. އަދި ޑޮކްޓަރ އިންނަވާ ކޮޓަރީގައި ނެތްނަމަ ވީގޮތެއްބަލައި ، ކިޔޫގައި ތިބޭ މީހުންނަށް މަޢުލޫމާތު ދެމުންގެންދިއުން. އަދި މިކަން ބެލެހެއްޓުން. 
  5. ކޯލް ސެންޓަރ އަދި ކައުންޓަރުތަކުގައި މަސައްކަތްކުރާއިރު އެތަންތަނަން އަންނަކޯލްތަކަށް ޖަވާބުދީ ، ޕާސްކުރަން ޖެހޭ ކޯލްތައް ޕާސްކުރުން އަދި މަޢުލޫމާތު ސާފުކޮށްދިނުން. 
  6. ޑިއުޓީ ގައި ދިމާވާ މައްސަލަތައް ޤަވާއިދުން ނޯޓްކޮށް ހައްލުކުރެވޭ ކަންތައް ހައްލުކުރުމަށް ފަހު ނުކުރޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ހައްލުކުރަމުން ދިއުން. 
  7. ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާ ޚާއްސަކޮށް ، އާއްމުކޮށް ހޮސްޕިޓަލަށް އަންނަ ހުރިހާ މީހުންނާމެދު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުމާއި ހިނިތުންވުމާއި، އޯގާތެރިކަމާއިއެކު ކޮންމެ މީހަކާއިވެސް ބައްދަލުކުރުން. އަދި އެއްވެސް މީހަކާއި މެދު ރުޅިވެރިކަމެއް ނުބޭއްވުން.
  8.  ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހަދައިދިނުމުގައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގައި އޯގާތެރިކަމާއިއެކު މުއާމަލާތްކުރުން.
  9.  ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން ޚިދުމަތަށް ދައްކާ ފައިސާ ބަލައިގަނެ މެމޯ ހަދައި ދިނުން.
  10.  ކްރެޑިޓްގެ ގޮތުގައި ހެދުނު މެމޯތަކުގެ ސްލިޕްތަކާއި ކެންސަލް ކުރެވުނު މެމޯތައް އަދި ސެޓްލްމަންޓް ހެދިފައިހުރި އިންވޮއިސްތަކުގެ މެމޯތައް ކޭޝިއަރާ ޙަވާލުކުރުން.
  11.  އެޑްމިޓް ވުމަށް އަންނަ ބަލިމީހުންނަށް އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުން.
  12. ޑިއުޓިގައި ލިބުނު ފައިސާގެ ޕީރިއޮޑިކް ރެވެނިއު ޝީޓް ނެގުމުން އެއަށް ފައިސާ ހަމަކޮށް އެވަގުތު އިސްކޮށް ޑިއުޓީގައި ހުރި ކޭޝިއަރަކާ ޙަވާލުކުރުން. 
  13. ޑިއުޓީ ގައި ތިބޭއިރު ހޮސްޕިޓަލްގައި ހިނގާ ކަންތައްތަކާއި ، އަދި ކަސްޓަމަރުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ހޯދައި ، އެމަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރުވެތިބުން.

 

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 ޖޫން 2018 ވާ ބުދަ ދުވަހުގެ  13.00 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  24 ޖޫން 2018އާއި 28 ޖޫން 2018 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

 

 

12 ރަމަޟާން 1439

27 މެއި 2018

28 މޭ 2018