މަސައްކަތް
ނަންބަރު: 170-AD/I/2018/50
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 06 ޖޫން 2018 11:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސްޓޫޑަންޓް އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

ސްޓޫޑަންޓް އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

          ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓައި، ދެވޭ ޚިދުމަތްތައް ކޮމްޕިއުޓަރައިޒްކުރުމަށްޓަކައި ސްޓޫޑަންޓް އިންފޯމޭޝަން ސިސްޓަމެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ދަރިވަރުންގެ އެޑްމިޝަންސް، އެކަޑޭމިކް ހިސްޓްރީ، އެގްޒެމިނޭޝަންސް، ފައިނޭންސް އަދި މިނޫނަސް ދަރިވަރުންނަށް ދެވޭ އެކިއެކި ޚިދުމަށްތައް މި ސިސްޓަމުން ދެވެންވާނެއެވެ. އަދި ޔުނިވަރސިޓީގައި ބޭނުންކުރެވެމުންދާ ލަރނިންގ މެނޭޖްމަންޓް ސިސްޓަމް (Moodle)، ލައިބްރަރީ މެނޭޖްމަންޓް ސިސްޓަމް (Koha) އަދި Google Cloud Services އާއި މި ސިސްޓަމް އިންޓެގްރޭޓް ކުރެވެންވާނެއެވެ.

         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 6 ޖޫން 2018 ވާ ބުދަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.

        މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

        އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 މޭ 2018