ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-G1(b)/IUL/2018/026
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 03 ޖޫން 2018 12:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ބޭނުމަށް ޓޮޔޯޓާ ބްރޭންޑްގެ 02 ވެހިކަލް ހޯދުން

  1. މިސަރވިސްގެ ބޭނުމަށް ޓޮޔޯޓާ ބްރޭންޑްގެ 02 ވެހިކަލް ގަންނަން ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 މޭ 28 ވާ ހޯމަ ދުވަހުން ފެށިގެން 2018 ޖޫންް 03 ވާ އާދީއްތަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށް މި ސަރވިސްގެ ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 400.00ރ (ހަތަރު ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 ޖޫން 04 ވާ ހޯމަ ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖޫން 03 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2018 ޖޫން 11 ވާ ހޯމަ ދުވަހުގެ 11:00 ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
27 މޭ 2018