ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2018/038
އިޢުލާނު
ކުލާސްރޫމް ތަކުގައި ނެއްޓިފައިހުރި މުށިތައް ރަނގަޅު ކުރުމާބެހޭ
މި ސްކޫލްގެ ކުލާސްރޫމްތަކުގައި ނެއްޓިފައިހުރި މުށިތައް މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ރަނގަޅު ކުރަން ބޭނުންވެގެން ކުރެވުނު GS60(B)2018/032 އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި ދީފައިވާ ތާވަލާ އެއްގޮތަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
03 ޖޫން 2018 |
11:00 ހެނދުނު |
ހަނިމާދޫ ސްކޫލް އޮފީސް |
އަންދާސީ ހިސާބު ހުށައެޅުން |
06 ޖޫން 2018 |
11:00 ހެނދުނު |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތުދެވެން ނޯންނާނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
09 ރަމަޟާން 1439
24 މެއި 2018