ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-E/22/2018/89
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 03 ޖޫން 2018 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮގްރާމް ކޯޑިނޭޓަރ

މި މިނިސްޓްރީއިން 7 މެއި 2018 ގައި ކުރި ނަންބަރު IUL)22-E/22/2018/76) އިޢުލާންގައިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އިޢުލާނު

މަޤާމް:  ޕްރޮގްރާމް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:  1

މަޤާމުގެ ގިންތި:  ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ކްލެސިފިކޭޝަން:  މެނޭޖަރ

ސެކްޝަން:  ޑިޖިޓަލް ސްކޫލް ސެކްޝަން

މަޤާމް އޮތް އޮފީސް:  މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

މުސާރައާއި އެލަވަންސް:  މަހަކު -/8،000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޑިޓޖިޓަލް ސްކޫލް ޕްލެޓްފޯމާ ގުޅޭ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހެލްޕް ޑެސްކްގެ ހިދުމަތް ދިނުން
  2. ސްކޫލް ތަކުން ރިޕޯޓްކުރާ މައްސަލަތައް ހައްލުކުރާނެ ގޮތުގެ އެސް.އޯ.ޕީ.ތައް ހެދުން
  3. ފޯން، އީމެއިލް އަދި ހެލްޕް ޑެސްކް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުން.
  4. މަރާމާތު ކުރުމަށް ފޮނުވޭ ތަކެތީގެ ފޮލޯއަޕް ކޮށް ސްޓޭޓަސް ބެލެހެއްޓުން.
  5. އަލަށް ބޭނުންވާނެ ޓެބްލެޓް ތަކާއި އެހެނިހެން އިކުއިޕްމެންޓްގެ މައުލޫމާތު ހޯދައި، މިތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  6. އެކިފަރާތްތަކާ އެކު ކުރެވިފައިވާ އެގްރިމެންޓްތައް އައުކުރުން.
  7. ޓެބްލެޓާއި އިކްއިޕްމެންޓް ތަކުގެ އިންސުއަރެންސާއި ވޮރަންޓީގެ މައުލޫމާތުތައް ބެލެހެއްޓުން.
  8. ޖީ ސޫޓް އެކައުންޓްތައް މެނޭޖް ކުރުން.
  9. ޑިވައިސް ތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުން.

މަޤާމުގެ ޝަރުޠު:

  1. އައިޓީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއިއެކު އައިޓީ ދާއިރާގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއިއެކު އައިޓީ ދާއިރާގައި މަދުވެގެން 4 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2.  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން www.moe.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ،  3321201 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 6 ޖޫން 2018 އާއި 14 ޖޫން 2018 އާ ދެމެދު، ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމު

ޖުމްލަ އިންސައްތަ

ޕްރޮގްރާމް ކޯޑިނޭޓަރ

35

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7770593 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3321201 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

9 ރަމަޟާން 1439

 

 

24 މޭ 2018