ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2018/41
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 30 މޭ 2018 11:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ

މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް  ކުރެވުނު ނަންބަރު  IUL)7-ADMN/1/2018/35)  (10 މެއި2018)، އިޢުލާނާއި ގުޅިގެން ތިންފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަފަހަރަށް ހުޅުވާލަމެވެ.

ޢަދަދު

އައިޓަމް

2

ޑެސްކްޓޮޕް ޕީ.ސީ

2

މޮނިޓަރ

 

މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުސޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.audit.gov.mv/procurement-announcements.aspx

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  30 މެއި 2018 ވާ ބުދަ  ދުވަހުގެ 11:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވެލައްވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

 

23 މޭ 2018