ތަމްރީނު
ނަންބަރު: (IUL)374-C/374/2018/63
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 30 މޭ 2018 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކޯހުގެ 2 ވަނަ ބުރެއް ނިލަންދޫގައި ހިންގުން

އިޢުލާނު

 

ނިޔަމި ކޯހުގެ 2 ވަނަ ބުރެއް ނިލަންދޫގައި ހިންގުން :

 

 

        ސަރުކާރުގެ ކަމާއި ގުޅުންހުރި ދާއިރާތަކާއި މިކައުންސިލާއި ގުޅިގެން "ނިޔަމި" ކޯސް ލެވެލް 2 ގެ އިތުރު ބުރެއް ނިލަންދޫގައި ބޭއްވުމަށްޓަކައި މިދަނީ  މަސައްކަތް ކުރަމުންނެވެ. މިކޯސް ނިލަންދޫގައި ހިންގޭނީ މަދުވެގެން 15 ބައިވެރިން ލިބިގެން ކަމުގައި ދަންނަވަމެވެ. ވީމާ މަތީގައި ދެންނެވިފައިވާ ކޯހުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން 2018 މެއި 31 ވަނަ ދުވަހުގެ ކުރިން ނިލަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން، ނުވަތަ ކައުންސިލް އިދާރާގެ ފޯން 6740016 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 10:00 ން 13:30 އަށެވެ.  ކޯސް  ބާއްވާނެ ތާރީޚާއި އަދި ކޯހުގެ ފީއާއި ގުޅޭގޮތުން މިހާރު މަސްވަރާ ކުރެވެމުންދާތީ އެމައުލޫމާތުތައް ކޯހުގައި ބައިވެރިވެ ވަޑައިގަތުމަށް ނަންނޯޓް ކުރައްވާ ފަރާތްތަކާއި ހިއްސާކުރާނޭކަމުގައި ދަންނަވަމެވެ.

      ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

8 ރަމަޝާން   1439

23   މެއި   2018

 

 

                                     މުޙައްމަދު ޖަލީލު

ފ.ނިލަންދޫ ކައުންސިލްގެ ރައީސް

23 މޭ 2018