މަސައްކަތް
ނަންބަރު: (IUL)374-C/374/2018/62
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2018
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 30 މޭ 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޑިއަރ ސެންޓަރުގައި ހުރި ޓަވަރު ރޫޅާދޭނޭ ފަރާތެއް ހޯދުން

 

އިޢުލާން

 

ޕަބްލިކް ސަރވިސް މީޑިއަށް ދޫކޮށްފައިވާ ބިމުގައިހުރި ޓަވަރުރޫޅައި ހަޓްތަޅައި ތަންސާފުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް މިއިދާރާ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ޕަބްލިކް ސަރވިސް މީޑިއާއަށް ދޫކޮށްފައިވާ ބިމުގައިހުރި ޓަވަރު ރޫޅައި ހަޓް ތަޅައި ތަންސާފުކޮށްދިނުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

30 މެއި 2018 ވާ ބުދަ ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

03 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

 

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ އެއްގަޑީއިރުކުރިން އެކަން ބަޔާންކޮށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ރަމަޟާން 1439

21   މެއި  2018

 

 

މުޙައްމަދު ޖަލީލު

ފ. ނިލަންދޫ ކައުންސިލްގެ ރައީސް

21 މޭ 2018