މަސައްކަތް
ނަންބަރު: (IUL)417-CA/417/2018/29
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 31 މޭ 2018 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގައި ގުދަނެއް ހެދުން

މިކައުންސިލް އިދާރާގެ ގޯތިތެރޭގައި އަމިއްލަތަކެތީގައި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: IUL)417-CA/417/2018/25) (02 އޭޕްރިލް 2018) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާނާއި، އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާތިލްކުރުމަށްފަހު، އަލުން އެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މިކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކައުންސިލްގެ ގޯތިތެރޭގައި އަމިއްލަ ތަކެތީގައި ގުދަނެއް ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

2018 މެއި 27 ވަނަ ދުވަހުގެ 13:00 ގައި (އާދީއްތަ ދުވަސް)

2018 މެއި 31 ވަނަ ދުވަހުގެ 13:00 ގައި (ބުރާސްފަތި ދުވަސް)

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކައުންސިލް އިދާރާގެ ގޯތިތެރޭގައި ގުދަނެއް ހެދުމުގެ މަސައްކަތް"، މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2018