މަސައްކަތް
ނަންބަރު: L5MC-C/2018/04
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 03 ޖޫން 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
03 އެއަރކަންޑިޝަން ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިކޯޓުގައި ހަރުކޮށްފައިހުރި 03 އެއަރކަންޑިޝަން ސިސްޓަމެއް ނައްޓައި، 03 އައު އެއަރކަންޑިޝަން ސިސްޓަމް ހޯދައި ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން.

މިކޯޓުގެ ނަންބަރު:03 /2018L5MC-C/ )09 މޭ 2018( ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް މިކޯޓުގައި ހަރުކޮށްފައިހުރި 03 އެއަރކަންޑިޝަން ސިސްޓަމެއް ނައްޓައި، 03 އައު އެއަރކަންޑިޝަން ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މޭ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ދަބަލުގައި މީހަކު ބަދަލުގައި ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

07 ރަމަޟާން 1439

22   މޭ   2018

22 މޭ 2018