|
ލީގަލް އެފެއާރޒް ޑިޕާޓްމްންޓް
|
ބޭނުންވާ އަދަދު: 01
|
|
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާ ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓްތަކަށް މައުލޫމާތު ހޯދުމާއި، ކަމާބެހޭ އިދާރާތަކާއި، ޑިވިޜަންނާއި ގުޅިގެން ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- ލީގަލް އެފެއާރޒް ޑިޕާޓްމަންޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
|
|
ކޮމާރޝިއަލް ޑިޕްލޮމެސީ ޑިވިޜަން
|
ބޭނުންވާ އަދަދު: 01
|
|
- ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުން
- ބަވަނަވަމުން އަންނަ ދުނިޔޭގައި ރާއްޖެއަށް (އިގުތިސޯދީގޮތުން) އަސަރުކުރާނެ ފަދަ ބައިނަލްއަޤްވާމީ ނިންމުންތަކާއި ހާދިސާތައް ދިރާސާކުރުމާއި، މި ދިރާސާތައް ޑިވިޜަނުގެ އެންމެ އިސްވެރިއާގެ މަޝްވަރާގެ ދަށުން ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އެހީތެރިވެދިނުން
|
|
ހިއުމަންރައިޓްސް ޑިވިޜަން
|
ބޭނުންވާ އަދަދު: 01
|
- ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ހުށަހަޅާ ރިޕޯޓްތަކަށް ބޭނުންވާ މައުލޫމާތު ހޯދުން، (ރިސާޗް މަސައްކަތް)، އަދި ރިޕޯޓް ތައްޔާރުކުރުމުގައި ޑިވިޜަނުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވުން
|
|
ކޮންސިއުލަރ ސާރވިސަސް ޑިވިޜަން
|
ބޭނުންވާ އަދަދު: 01
|
|
- މިނިސްޓްރީން "އެޓެސްޓް" ކުރުމަށް އެދި އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް، "އެޓެސްޓް" ކުރުމަށް ކަނޑައަޅާފައިވާ އުޞޫލްތަކާއި އެއްގޮތަށް ފުރިހަމަކޮށްދިނުން
- ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ވިސާ ހޯދުމަށް ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި ވިސާ ޕޮލިސީތަކާއި ބެހޭ ފަހުގެ މައުލޫމާތު އެއްކުރުމާއި އަދި ވިސާއާއި ގުޅޭ އެންމެހާކަން ކަމުގައި އެހީތެރިވެދިނުން
|
|
ފޮރިން ސަރވިސް ޓްރެއިނިންގ އިންސްޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)
|
ބޭނުންވާ އަދަދު: 01
|
- ފޮސިމް އިން ހިންގާ ޓްރެއިނިންގ ތަކަށް ބޭނުންވާ ރިސާޗް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ފޮސިމްގެ ކުއަރޓަލީ ނިއުސް ޕަބްލިކޭޝަން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން
|
|
އެޑްމިނިސްޓްރޭޓިވް ޑިވިޜަން
|
ބޭނުންވާ އަދަދު: 01
|
- މިނިސްޓްރީގެ އިންވެންޓްރީ އަދާ ހަމަކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
- މިނިސްޓްރީގެ ލިޔުންތައް އާކައިވް ކުރުމާބެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތުގައި އެހީވުން
|
|
މިކަމަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތައް
|
|
- މިކަމުގެ ތަމްރީންގައި އުޅޭދުވަސްކޮޅު ފޮރިންއެފެއާޒުން މުސާރައެއް ނުވަތަ އުޖޫރައެއް ނުލިބޭނެއެވެ.
- މި ތަމްރީން ފުރަތަމަ ހުޅުވައިމިލަނީ 3 މަސް ދުވަހަށެވެ. އެހެން ނަމަވެސްޝައުގުވެރިކަން ހުރިފަރާތްތަކަށް އެއް އަހަރު ދުވަހަށްވެސް މުއްދަތު އިތުރުކުރެވިދާނެއެވެ.
- މިކަމަށް ކުރިމަތިލާމީހުންގެ ތެރެއިން ފުރަތަމަ ޑިގްރީ ނަވަތަ މާސްޓަރސް ފުރިހަމަކުރަމުންދާ ފަރާތްތައް ނުވަތަ ޖީ.ސީ.އެސް.އީ އެޑްވާންސް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ތަމްރީންގައި ބައިވެރިވެވިދާނެއެވެ.
- މިޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރައަކީ 18 އަހަރާއި 30 އަހަރާ ދެމެދެވެ.
- ހޮވޭމީހުން ބަލާނީ ލިބިފައިވާ ސަނަދާއި ހުނަރާއި މިނިސްޓްރީގެ ބޭނުމަށް ފެތޭތޯ ބެލުމަށްފަހުއެވެ.
- މިކަމަށް އެކަށީގެންވާކަމަށް ފެންނަ މީހުންނާއި ވަކީން އިންޓަވިއު ކުރެވޭނެއެވެ.
|
|
| |
|
|
|