ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރު (ބީސީ މާލެ) ގެ ދަށުން ބ.އޭދަފުށީގައި ގާއިމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ބިޒްނަސް އިންކިއުބޭޓަރ ސަރވިސް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން އެކަށީގެންވާ ވަރަށް ޝަރުތުހަމަވާ ފަރާތްތަކުން ކުރިމަތިލައްވާފައި ނުވާތީ، މި މަގާމްތަކަށް އަލުން އިޢުލާން ކުރަމެވެ. މި މަގާމާއި ބެހޭ މައުލޫމާތާއި ބީ.ސީ އާއި ގުޅޭ މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާޓާރމްސް އޮފް ރިފަރެންސް ގައި ބަޔާން ކުރެވިފައިވާނެއެވެ.
ބ. އޭދަފުށި ބިޒްނަސް އިންކިއުބޭޝަން ސަރވިސް ސެންޓަރ
- 01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
- 01 އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް އޮފި
މި މަޤާމްތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ސީ ޤާއިމްކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
- ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،31 މެއި 2018 ގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.
ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333143، 3333160 (960)+
އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
6 ރަމަޟާން 1439