ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2018/33
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2018
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 31 މޭ 2018 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި އިރިގޭޝަން ނިޒާމް ޤާއިމްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ކައުންސިލާއި ގުޅިގެން ގދ.ހޯނޑެއްދޫގައި އިރިގޭޝަން ނިޒާމް ޤާއިމްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުގެ މަތިން ފެންދޭ ނިޒާމް ގާއިމްކޮށްދީ ކަމާގުޅޭ ތަމްރީން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލާއި ޙަވާލުކުރާ ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ނަން ނޯޓްކުރާ ފަރާތްތަކުގެ ތެރެއިން 15 ފަރާތް ޝޯޓްލިސްޓް ކުރުމުގައި ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ 15 ފަރާތުގެ ތެރެއިން 10 ފަރާތަކަށް ފެންދޭ ނިޒާމް ޙަވާލުކޮށްގެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދިނުމަށް ހަމަޖެހިފައިވާގޮތް:

  • 20 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށްވުން.
  • އެއްގޭބިސީއަކުން ނުވަތަ އެއް އާއިލާއަކުން އެކަކަށްވުރެ އިތުރުނުވުން.
  • ދަނޑުވެރިންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް އިސްކަން ދިނުން.
  • ކައުންސިލުން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ދަނޑުވެރިކަން ކުރަމުންގެންދާ ފަރާތަކަށްވުން.
  • ކައުންސިލާއި މިނިސްޓްރީއާއި ދެމެދުވފައިވާ އެއްބަސްވުމުގައިވާ މުއުލޫމާތުތައް ގަވާއިދުން ކައުންސިލާއި ހިއްސާކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

ވީމާ، ހޯނޑެއްދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 މެއި 2018 ގެ 14:00 ގެ ކުރިން ފެންދޭ ނިޒާމް ޤާއިމުކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފެންދޭ ނިޒާމް ޤާއިމުކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 މޭ 2018