މަސައްކަތް
                	
                ނަންބަރު: (IUL)13-E/13/2018/102
                    ޕަބްލިޝްކުރި ތާރީޚް: 21 މޭ 2018
                    ޕަބްލިޝްކުރި ގަޑި:  13:50
                                            ސުންގަޑި: 
                            29 މޭ 2018 11:00
                        
                    
                މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑިޖިޓަލް ސްޓްރެޓަޖީގެ މަސައްކަތަށް ކޮންސަލްޓަންސީ ހޯދުން ޑިޒައިން ކޯޕަރޭޓް ވިޝުއަލް އައިޑެންޓިޓީ އެންޑް ޑިވެލޮޕްމަންޓް އޮފް ވެބްސައިޓް
                                - މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ 'މޮފްޓް ޑިޖިޓަލް ސްޓްރެޓަޖީ - ޑިޒައިން ކޯޕަރޭޓް ވިޝުއަލް އައިޑެންޓިޓީ އެންޑް ޑިވެލޮޕްމަންޓް އޮފް ވެބްސައިޓް'ގެ މަސައްކަތަށް ކޮންސަލްޓަންސީ ދޭނެފަރާތެއ ހޯދަން ބޭނުންވެއެވެ. މި މަޝްރޫގެ ދަށުން މި މިނިސްޓްރީގެ ކޯޕަރޭޓް ވިޝުއަލް އައިޑެންޓިޓީ އަދި ވެބްސައިޓް ގާއިމް ކުރުމަށް ބޭނުންވެއެވެ.
 - މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ މިކަމަށް ޝަރުތުހަމަވާ ހުރިހާ ކޮންސަލްޓިންގ ފާމްތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ފުރުޞަތު ހުޅުވާލަމެވެ.
 - މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ދިވެހިރާއްޖޭގެ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ (ފެބްރުއަރީ 2017) ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުޞޫލުންނެވެ.
 - މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މި މަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން29 މޭ 2018 ވާ އަންގާރަ ދުވަހު 11:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
 
 
އާޢިޝަތު ފަޒްލާ
އެގްޒެކްޓިވް ސެކްރެޓަރީ
ކޯޕަރޭޓް އެފެއާޒް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349321، 3349166
ފެކްސް: 3324432
އީމެއިލް އެޑްރެސް [email protected] :
                21 މޭ 2018